މޫދަށް އުކާލައިފައި ހުންނަ ކުނިތަކުން ކ. ތިލަފުށީގެ ފަޅުތެރެ ފުރިއްޖެ އެވެ.
30 ނޮވެމްބަރ 2022
މޫދަށް އުކާލައިފައި ހުންނަ ކުނިތަކުން ކ. ތިލަފުށީގެ ފަޅުތެރެ ފުރިއްޖެ އެވެ.
ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ތިލަފުށީގެ ބައެއް ސައިޓުތަކުން މޫދަށް އެޅިފައި ހުންނަ ކުންޏާއި ދޯނިފަހަރުންނާއި އެހެން ގޮތްގޮތުން ވެސް މޫދަށް އެޅިފައި ހުންނަ ކުނިބުނިން ތިލަފުށީގެ ފަޅުތެރެ ފުރިފައިވާ ކަމަށެވެ.
"މިހާރު އޮއިވަރު ހުރި ގޮތުން އެ ހުރިހާ ކުންޏެއް އެއްތަނަކަށް ޖަމާވެފައި ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.
ތިލަފުށި ފަޅުތެރޭގައި އޮތް ކުނިތައް ނެގުމުގެ މަސައްކަތް ވެމްކޯއިން ކުރަނީ -- ފޮޓޯ: ވެމްކޯ
މާލެ ސަރަހައްދުގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ކުރާ ވެމްކޯ އިން ބުނިގޮތުގައި ތިލަފުށީގެ ފަޅުތެރޭގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
ވެމްކޯ އިން ޓުވީޓް ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ތިލަފުށީގެ ފަޅުތެރެ އޮތީ ލަކުޑި އާއި ފުޅިމަދާއި އަދި އެކި ވައްތަރުގެ ޕްލާސްޓިކް ކުނިބުނިން ފުރިފަ އެވެ. އެ ކުންފުނީގެ ވެހިކަލެއް ބޭނުންކޮށްގެން ކުނިތައް ނެގުމުގެ މަސައްކަތް ކުރާތަން ވެސް ފޮޓޯތަކުން ފެނެ އެވެ.
މޫދަށް އުކާފައި ހުންނަ ކުނިތަކުން ތިލަފުށި ފަޅުތެރެ ފުރިފައި -- ފޮޓޯ: ވެމްކޯ
މީގެ ކުރިން ވެސް، ތިލަފުށީގެ ފަޅުތެރޭގައި ކުނިބުނި ގިނަވެ، ކުނިތައް ނަގާފައިވެ އެވެ.
ކުނި ބޭނުންކޮށްގެން ހިއްކާފައި އޮތް ތިލަފުށީގައި މިދިޔަ އަހަރު ކުނި އެންދުން ހުއްޓާލި އެވެ. އޭގެ ފަހުން، މިހާރު އެ ރަށުގައި ކުނި މެނޭޖުކުރަމުން އަންނަ ޒަމާނީ އާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
ކުނި ޖަމާކުރާ ސަރަހައްދު ފުރި ބޮޑެތި ދަތިތަކެއް!
ކުނި އުކާލަން ވެމްކޯއިން ބޮޑު މަސައްކަތްތަކެއް!
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
އާޒިމް ވިދާޅުވީ ހަތަރުމަސް ފަހުން ކުނި ނުފެންނާނެކަމަށް
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!
ގާކުނޑި ބޭނުންކޮށްގެން ހިލަވެލި ހަދާ ޕްލާންޓެއް ހަދަނީ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި