ތިލަފުށީގައި ހުންނަ ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ބުނެފި އެވެ.
22 ޑިސެމްބަރ 2019
ތިލަފުށީގައި ހުންނަ ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޑިސްޕޯސަލް ސައިޓަކީ ކުނީގެ ބޮޑު ޕަސަންޓެއް ޖަމާކުރަމުންދާ ސަރަހައްދަކަށްވީ އިރު، އެ ތަނަށް ޖަމާ ކުރަމުންދާ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ވަންދެން ޖަމާކޮށްފައިވާ ކުނީގެ ސަބަބުން ސައިޓް ފުރި، ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެެ.
ކުނި މެނޭޖު ކުރުން ހަރުދަނާ ކުރުމަށް، ތިލަފުށީގައި ބޭނުންކުރާ ވެހިކަލްތައް މަރާމަތުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ވެމްކޯ ތިލަފުށި ސައިޓާ އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި ތޮށިގަނޑު މަރާމާތު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ވެމްކޯއިން ތިލަފުށީގައި ފޯރުކޮށްދެމެންގެންދާ ކުނި ހުސްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނެރޭ ނޫސްބަޔާން. pic.twitter.com/MSZebRGv7L
— WAMCO (@WAMCOmv) December 22, 2019
ވެމްކޯގެ ނޫސްބަޔާން
އެކަމަކު، މޫސުން ތަން ނުދިނުމުގެ ސަބަބުން އެ މަސައްކަތްތައް ނުނިމި ގިނަ ދުވަސްތަކެއް ވުމުން، ތިލަފުށީގައި ވެމްކޯ އިން ދެމުންގެންދާ ބައެއް ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެމްކޯ އިން ބުނެ އެވެ. އަދި ޑިސްޕޯސަލް ސައިޓަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަކީ ވެސް މަސައްކަތްތައް ލަސްވުމުގެ ސަބަބެއް ކަމަށް ވެމްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި ވެހިކަލްތައް ހޯދުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވެމްކޯ އިން ބުންޏެވެ.
"ކުނި ނެގުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ތިލަފުށީގައި އޮޕަރޭޝަން ޝިފްޓެއް އިތުރުކޮށް ތިލަފުށީގައި ބޭނުން ކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ވެމްކޯގެ ބަޔާނުގައިވެ އެވެ.
ތިލަފުށީގެ ފަޅުތެރެ ކުނިން ފުރިއްޖެ
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް
އޭޑީބީޕްރޮޖެކްޓް ބިޑް ކުރުމުގައި ކޮރަޕްޝަން ނެތް:އޭސީސީ
މާލެ ސަރަހައްދުގެ ކުނި "ފަރުބަދަ"، މާ އުސް!
ތިލަފުށީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި
ކުނި އުކާލަން ވެމްކޯއިން ބޮޑު މަސައްކަތްތަކެއް!
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!