އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ.
01 ޑިސެމްބަރ 2022
އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ.
ހޭޒްގެ އަސަރު މި ދުވަސްވަރު ރާއްޖެއަށް ބޮޑަށް ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގެ ވަޔާ އެކުގަ އެވެ. މީގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އަދި އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ.
މެޓް އޮފީހުގެ އިންޒާރުގެ ނޯޓިސްއެއްގައި މިއަދު ބުނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި އިންޑިއާގެ އުތުރުގައި ވައި ތަޣައްޔަރުވުމުގެ ސަބަބުން ރާއްޖެއަށް ހިރަފުސްގެ އަސަރުކުރާ ކަމަށެވެ. މި އަހަރު ވެސް މި ދުވަސްވަރު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާ ކަމަށް ބުންޏެވެ.
އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ ދަށްވެފައެވެ.
— Maldives Meteorology (@MetMaldives) December 1, 2022
Visibility has reduced in northern and central atolls pic.twitter.com/DEMOAyymxF
"މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ،" އެ ނޯޓިސްގައި އެވެ.
ހޭޒްގެ އަސަރުކުރަނީ ވައި ތަޣައްޔަރުވުމުގެ ސަބަބުން ކަމަށް ވިޔަސް، މެޓް އޮފީހުން މިވަގުތު ވައިގެ ނުސާފުކަން ޓެސްޓެއް ނުކުރެ އެވެ. އެ މަސައްކަތްކުރަނީ އީޕީއޭ އިންނެވެ. މިކަމާގުޅޭ ގޮތުން އެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގެ ވައިނުސާފުވުމާ ގުޅިގެން ސިއްހީ ކަންކަމާ ބެހޭ އިދާރާއަކުން އަދި އެއްވެސް އިލްތިމާސެއްކޮށްފައި ނުވިޔަސް، ވައިގެ ކޮލެޓީ ދެނެގަންނަ ބައެއް އެޕްތަކުން ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް ވައިނުސާފުވެއިވާ ކަމަށް ދައްކާތީ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Yes, not looking very good, especially for those sensitive groups with underlying conditions pic.twitter.com/XSmbHYMcUd
— Ahmed Fizal (@Ahmed_Fizal) December 1, 2022
ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ" އިން ދައްކާގޮތުގައި، މާލޭގެ މިއަދު އެއާ ކޮލެޓީ އިންޑެކްސް ހުރީ 100-150އާ ދެމެދުގަ އެވެ. އެހެންވެ މާލެއަށް އޮތީ އޮރެންޖު އެލާޓް ދީފަ އެވެ. އޭގެ މާނައަކީ ނޭވާލުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުވެފައިވާ ކަމެވެ.
އެކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބަހެއް އަދި ނުލިބެ އެވެ.
މިދިޔަ އަހަރު ފަހުކޮޅު ވެސް ރާއްޖެއަށް ހޭޒްގެ އަސަރު ވަރަށް ބޮޑަށްކޮށް ވައި ތަޣައްޔަރުވި އެވެ.
މިއީ އިރުވައި މޫސުން ފެށުން އެންމެ ލަސްވި ފަހަރު!
އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެއްޖެ
މާލެ "އަޑިއަށް" ދަނީ ހޯދި ވަގުތީ ހައްލުތަކުން!
މިއީ މާލެއަށް މިހާތަނަށް އެންމެ ހޫނު ދުވަސް
ގަދަ ހޫނަށް ފަހު ރޭ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެ
އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް އަރައިފި
ވައިނުސާފުވެ ދުރު ފެންނަ ވަރު 60 ޕަސެންޓް ދަށަށް
ވައިނުސާފުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ރާއްޖެއަށް އެންމެ ހޫނުވަނީ މެންދުރު ފަހު 2 ގައި
ރާއްޖޭގެ ފުސްކަން އިންޑިއާގެ ތަޣައްޔަރު ވަޔާ ގުޅިފައި