ހދ. ނޮޅިވަރަމްގައި ޒުވާން އަންހެނަކު މިއަދު މަރާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
10 ޑިސެމްބަރ 2022
ހދ. ނޮޅިވަރަމްގައި ޒުވާން އަންހެނަކު މިއަދު މަރާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި މީހަކު މަރާލައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު އެ އިދާރާ އަށް ލިބިފައިވާ ކަމަށެވެ. މަރުވީ 28 އަހަރުގެ ދިވެހި އަންހެނަކު ކަމަށް ފުލުހުން ބުންޏެވެ.
އެ ރިޕޯޓް ލިބުމާއެކު ސީނަށް ގޮސް، އެ ތަނުގައި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ އަންހެން މީހާ އޮތީ މަރުވެފަ އެވެ.
އޭނާގެ މަރާ ގުޅިގެން ވަރަށް ބައިވަރު ޝައްކުތަކެއް އެބަހުރި ކަމަށް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. އެ އަންހެން މީހާ މަރުވީ އޭނާގެ ފިރިމީހާއާ ދެމެދު ޒުވާބެއް ހިންގި ފަހުން ކަމަށާއި އޭނާ މަރުވިތަނާހެން ފިރިމީހާ ރަށުން ފިލާފައިފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ/
ނޮޅިވަރަމް ކައުންސިލުގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވިގޮތުގައި، އެ އަންހެން މީހާގެ ހަށިގަނޑު ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ. އެ މަރު ހިނގި ގޮތް ވެސް އަދި ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާވަށުގައި ޒުވާނާ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
މާވަށު މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި
ވިޝާމް، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
މާވަށުގައި މަރާލި މޫސަގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީން އާ ކަމެއް ނުފެނުނު، ކުރިއެރުމެއް ނެތް!