ލ. މާވަށުގައި އިއްޔެ ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
29 ޖުލައި 2025
ލ. މާވަށުގައި އިއްޔެ ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް 29، ގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު އަމުރު ކޮށްފައިވާ ކަމަށެވެ.
މާވަށުގައި އިއްޔެ ހެނދުނު ދިން ހަމަލާގައި މަރުވީ އެ ރަށު މޫސާ އިބްރާހިމް، 29، އެވެ. އޭނާގެ ކަރަށް ދިން ހަމަލާގައި ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ކުރިން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ މާރާމާރީ ހިންގަން މެދުވެރިވީ މަސްތުވާތަކެތި ކަމަށެވެ.
މަރުވި މޫސައަކީ މާވަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭނާއަށް ހަމަލާދިން މުހައްމަދު އިބްރާހީމަކީ ވެސް މަސްތުގެ މާހަލުގައި އުޅޭ މީހެއް ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ.
މާވަށު މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި
މާވަށުގައި މަރާލި މޫސަގެ ޖަނާޒާ މާދަމާ ބާއްވަނީ
މާވަށުގައި މީހަކު މަރާލަން ބޭނުންކުރި ވަޅި ހޯދައިފި
ނޮޅިވަރަމްގައި މީހަކު މަރާލި ކަމަށް ބުނާ މައްސަލައެއް
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
މާވަށު ގާތިލަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ
ވިޝާމް، ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި