ދިވެހި ޕްރިމިއާ ލީގު 2023/2024 އަށް ކޮލިފައި ވުމަށް އެފްއޭއެމުން ބާއްވާ ސެންޓްރަލް ލީގުގެ އެންމެ ފަހު ގުރޫޕް، ގުރޫޕް އީ ގެ ކުޅުން ރެފްރީން ނެތިގެން މަޑުޖެހިއްޖެ އެވެ.
12 ޑިސެމްބަރ 2022
ދިވެހި ޕްރިމިއާ ލީގު 2023/2024 އަށް ކޮލިފައި ވުމަށް އެފްއޭއެމުން ބާއްވާ ސެންޓްރަލް ލީގުގެ އެންމެ ފަހު ގުރޫޕް، ގުރޫޕް އީ ގެ ކުޅުން ރެފްރީން ނެތިގެން މަޑުޖެހިއްޖެ އެވެ.
ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަންގެ ގުރޫޕް އީ ގެ ކުޅުން ވަނީ މިދިޔަ ނޮވެމްބަރު 22 ގައި ފަށައިފަ އެވެ. މެޗުތައް ތާވަލު ކޮށްފައި އޮތީ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގުރޫޕުގެ ކުޅުން ނިންމާށެވެ.
ޖުމުލަ ހަތަރު ޓީމާއެކު، ވޭވަށުގައި ބާއްވާ އެ ގުރޫޕުގައި މިއަދާ ހަމައަށް ވެސް ކުޅެފައި ވަނީ ފުރަތަމަ ދެ މެޗު އެކަންޏެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ ލެގު ކުޅޭ އުސޫލުން، ގުރޫޕުގައި ބާކީ 10 މެޗު އަދި އޮތީ އެވެ.
އެކަމަކު ރެފްރީންގެ ތާށިކަން ވަރަށް ބޮޑަށް ކުރިމަތިވެ، މެޗުތައް ތާވަލު ކޮށްފައިވާ ގޮތަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
ސެންޓްރަލް ލީގުގެ ގުރޫޕް އީ ގައި ވާދަކުރަނީ މ. މަޑުއްވަރީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވޭވަށު އެކުވެރިންގެ ދިރުން އާއި މުލަކު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަދި ނާލާފުށި ޔޫތު ކްލަބެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 'ރޯޑް ޓު ދިވެހި ޕްރިމިއާ ލީގް 2023/2024' ނަމުގައި އެފްއޭއެމުން މިހާތަނަށް ކުރިއަށް ގެންދިޔަ ނޯތު ލީގުގެ ދެވަނަ ޑިވިޝަނާއި ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަންގައި މިހާތަނަށް ކުޅުނު މެޗުތަކަށް އިންސާފު ކުރި ރެފްރީންގެ ޓީމުތަކަށް ވެސް މުސާރައިގެ ކަންކަން ހަމައެއް ނުޖެހެ އެވެ.
މިއީ އެފްއޭއެމުން ބާއްވާ މުބާރާތްތަކުގައި ރެފްރީންނަށް މުސާރަ ނުދެވިގެން މެދުކަޑާލަން ޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މި އަހަރު މާލޭގައި އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވެސް ރެފްރީން ހަމަނުވެގެން މެޗުތައް ފަސްކުރަން ޖެހުނެވެ. އެހެންވެ، އެފްއޭއެމުން މެޗުތައް ކުޅުނީ އެކި ރަށްރަށުންނާއި ސްރީ ލަންކާ އިން ރެފްރީން ގެނެސްގެންނެވެ.
އެފްއޭއެމުން މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގު ފުޅާކުރުމުގެ އަމާޒުގައި މުޅިން އާ ފޯމެޓަކަށް ފެށީ، މާލޭ ޒޯނު ހިމެނޭހެން ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އޯޕަން ޑިވިޝަނުން ތިންވަނަ ޑިވިޝަނަށް އަދި ތިންވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ދާ ގޮތަށެވެ. މާލެ ޒޯން ފިޔަވައި ދެވަނަ ޑިވިޝަނުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވާ ޓީމުތަކުގެ ތެރެއިން ޗެމްޕިއަންކަން ހޯދާ ތިން ޓީމަކަށް ދިވެހި ޕްރިމިއާ ލީގު 2023/2024 ސީޒަނުން ފުރުސަތު ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ނަމަވެސް އުންމީދު ކުރި ވަރުގެ ތަރުހީބެއް ނުލިބުމުން އޯޕަން ޑިވިޝަން ނިންމާފައި ފެށީ ދެވަނަ ޑިވިޝަނެވެ. އުތުރު ޒޯންގެ ދެވަނަ ޑިވިޝަންގެ ކުޅުން ނިމިފައި ވާއިރު، އެ ޒޯނުން އުނގޫފާރު ފުޓުބޯޅަ ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބާއި ހއ. ދިއްދޫ ބީއެކްސް ސްޕޯޓްސް ކްލަބާއި ހދ. ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑެވެލޮޕްމަންޓާއި ށ. ފުނަދޫ ޔުނިޓީ ސްޕޯޓްސް ކްލަބް އަދި ނ. އަތޮޅުގެ ކެނދިކުޅުދޫ ފުޓުބޯޅަ ކްލަބާއި ހޮޅުދޫ ފުޓްބޯޅަ ކުލަބް ވަނީ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ.
ސެންޓްރަލް ލީގުގައި ފަސް ގުރޫޕެއް ހިމެނެ އެވެ. މިހާތަނަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދާފައި ވަނީ، ގުރޫޕް އޭ އިން ކްލަބް އޭދަފުށްޓާއި ގުރޫޕް ބީ ގެ އެއް ވަނަ ހޯދި ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި ދެ ވަނަ ހޯދި ކ. ގުޅި ފުޓްބޯޅަ ކްލަބްގެ އިތުރުން ގުރޫޕް ސީ އިން އއ. މާޅޮހާއި ގުރޫޕް ޑީ ގެ އެއްވަނަ ނިލަންދޫ ސްޕޯޓްސް ކުލަބާއި ދެވަނަ ލިބުނު ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަން ފަސްކޮށްފި
އިންޒާރުތަކާ އެކު ރެފްރީން ބިރުވެރި ކަމެއްގެ ތެރޭ
ރެފްރީންގެ ގޯސްތަކާ ހެދި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް
ފީފާ ބެޖް ލިބޭ ދިވެހި ރެފްރީން ކަނޑައަޅައިފި
އޭއެފްސީގެ ބޮޑު ތަޖުރިބާއާ އެކު އަމީޒް އެފްއޭއެމަށް
ރެފްރީންގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވޭ!
ރެފްރީ ނިއުޝާދުގެ ސަސްޕެންޝަން އުވާލައިފި
ރެފްރީން ކުރިއަރުވަން އަންނަ މަހު މަސައްކަތް ފަށަނީ
އެފްއޭއެމުން ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަނީ
ރެފްރީން ތަރައްގީކުރަން އެފްއޭއެމުން މަސައްކަތް ފަށަނީ