އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި ގްރީންސްޓްރީޓްސްގެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދަށް ދީފައިވާ ވަގުތީ ސަސްޕެންޝަން އެފްއޭއެމުން މިއަދު އުވާލައިފި އެވެ.
25 އޮކްޓޯބަރ 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި ގްރީންސްޓްރީޓްސްގެ މެޗުގެ ރެފްރީ މުހައްމަދު ނިއުޝާދަށް ދީފައިވާ ވަގުތީ ސަސްޕެންޝަން އެފްއޭއެމުން މިއަދު އުވާލައިފި އެވެ.
އެ މެޗު ހުއްޓާލަން ޖެހުނީ، ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ އަށް ރެފްރީ ނިއުޝާދު ދެއްކި ކާޑަކާ ގުޅިގެން އެ ޓީމުގެ ބައެއް ކުޅުންތެރިން ރެފްރީ އަށް ހުރަސް އަޅައި އަދި މެޗު ކުރިއަށްގެންދަން ދެކޮޅު ހެދުމުންނެވެ. ގްރީންސްޓްރީޓްސް އިން ވަނީ ނިއުޝާދުގެ ޝަކުވާ މީގެ ކުރިން ވެސް އެފްއޭއެމުގައި ކޮށްފަ އެވެ.
އެފްއޭއެމުން އޭރު ބުނީ ލީގުގެ ގިނަ ކްލަބްތަކަކުން ތަކުރާރުކޮށް ނިއުޝާދުގެ މައްސަލަތަކެއް އެ އެސޯސިއޭޝަނަށް ހުށައަޅާފައިވާތީވެ، އެ މައްސަލަތައް އެ އެސޯސިއޭޝަނުގެ ރެފްރީސް ކޮމިޓީން ބެލުމަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ ފަހަރު ވަނީ ރެފްރީޒް ޑިޕާޓްމަންޓުގެ އިސްވެރިއާ އަދި ރެފްރީ އަހުމަދު އަމީޒް މަގާމުން ވަކިކޮށްފަ އެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިއުޝާދުގެ ސަސްޕެންޝަން އުވާލުމަށް ރެފްރީޒް ކޮމިޓީން ނިންމާފައިވާ ކަމަަށެވެ.
ކްލަބްތަކުން ކުރާ ރެފްރީންގެ ޝަކުވާ ގިނަވެ އެފްއޭއެމުން ވަނީ އިންޑިއާގެ ރެފްރީންތަކެއް ގެނެސްފަ އެވެ. ގިނަ މެޗުތަކުގައި އިންޑިއާ ރެފްރީން އިންސާފުކުރަމުން އަންނައިރު މަދުމަދުން ދިވެހި ރެފްރީން ވެސް އަންނަނީ މެޗުތަކުން ފެންނަމުންނެވެ.
ލީގުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކޯޗުން އަންނަނީ އެފްއޭއެމުން ގެނެސްފައިވާ އިންޑިއާ ރެފްރީންގެ ފެންވަރާ މެދު ސުވާލު އުފައްދައިފަ އެވެ. އަދި އެއް ރެފްރީންތަކެއް ގާތްގާތުގައި ގިނަ މެޗުތަކެއްގައި އިންސާފުކުރާތީ އޭގެ ގޯސް އަސަރު މެޗުތަކުން ފެންނަ ކަމަށް ބުނެ މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ އާއި ދ. ކުޑަހުވަދޫ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ބުނެފަ އެވެ.
މުސާރައެއް ނުދޭ، ރެފްރީން ނުލިބި މެޗުތައް ހުއްޓިފައި!
އިންޒާރުތަކާ އެކު ރެފްރީން ބިރުވެރި ކަމެއްގެ ތެރޭ
ރެފްރީންގެ ގޯސްތަކާ ހެދި ކަންބޮޑުވުން ސޯޝަލް މީޑިއާއަށް
ފީފާ ބެޖް ލިބޭ ދިވެހި ރެފްރީން ކަނޑައަޅައިފި
އޭއެފްސީގެ ބޮޑު ތަޖުރިބާއާ އެކު އަމީޒް އެފްއޭއެމަށް
ރެފްރީންގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވޭ!
ރެފްރީން ކުރިއަރުވަން އަންނަ މަހު މަސައްކަތް ފަށަނީ
އެފްއޭއެމުން ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަނީ
ރެފްރީން ތަރައްގީކުރަން އެފްއޭއެމުން މަސައްކަތް ފަށަނީ
ރެފްރީސް އެސޯސިއޭޝަންގެ ރައީސަކަށް އަނީލް