ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުގެ މީހުން މިރޭ މާލެ ގެނެސްފި އެވެ.
13 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ހދ. މަކުނުދޫ ބޭރުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުގެ މީހުން މިރޭ މާލެ ގެނެސްފި އެވެ.
އެ މަސްބޯޓު ހޯދަން ލަންކާ ސަރުކާރުން ރާއްޖޭގެ އެހީތެރިކަމަށް މިދިޔަ ހޯމަ ދުވަހު އެދުމުން، ކޯސްޓް ގާޑުން ފެށި މަސައްކަތުން އެ ބޯޓު ފެނުނީ ބުދަ ދުވަހުގެ ރޭ ފަތިހު، މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާ ދަނިކޮށެވެ.
އޭރު ބޯޓުގައި ހަތަރު މީހުން ތިބި އިރު އޭގެ ތެރޭން އެކަކުގެ ހާލު ދެރަ އެވެ. ސިފައިންނަށް ބޯޓު ފެނުމުން ކަފު ޖަހައިގެން ހދ. ކުޅުދުއްފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި މިރޭ އެ މީހުން މާލެ ގެނައީ ކުޅުދުއްފުށީގައި އިއްޔެ މަޑުކުރުމަށް ފަހު އެވެ.
ސިފައިންގެ އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކުގެ ހާލު މާ ބޮޑަށް ދެރަވީ މާ ބޮޑަށް ބަނޑުހައިވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ލަންކާގެ އެހެން ބޯޓެއް ވެސް ހއ. ތުރާކުނު ބޭރުން އޮޔާ ދަނިކޮށް ވެސް މިދިޔަ ހަފުތާގައި ފެނިފައިވެ އެވެ. ދެ މީހުންނާ އެކު ފެނުނު އެ ބޯޓުގައި ތިބި އިތުރު ހަތަރު މީހަކު ގެއްލިފައިވާ ކަމަށާއި އެ މީހުން ހޯދުމަށް ދިވެހި ސިފައިންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެ އެވެ.
މި ދެ ބޯޓު ހޯދައި، މީހުން ސަލާމަތްކޮށްފައިވާތީ ލަންކާގެ ސަފީރު އަސޯކާ ތޮރަޑެނިޔަ މިއަދު ވަނީ ދިވެހި ސިފައިންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ދިވެހި ސިފައިން އެކަން ކުރީ އަމިއްލަ ކަމެއް ކަމުގައި ދެކިގެން ކަމަށާއި އެ މީހުން ހޯދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
މި ދެ ބޯޓުގެ އިތުރުން ލޭނު އަޅަން ނުކުމެ އުޅުނު ބޯޓެއްގައި އަލިފާން ރޯވުމުން އޭގައި ތިބި ނުވަ މީހުން ވެސް ރޭ ސިފައިން ވަނީ މާލެ ގެނެސްފަ އެވެ. ގދ. ތިނަދޫ ބޭރުން ފެނުނު އެ ބޯޓުގައި ދިވެއްސަކާއި އިންޑޮނޭޝިއާގެ އަށް މީހުން ތިއްބެވެ.
ބޯޓުގައި ރޯވެ، ފަޅުވެރިންގެ ހަބަރެއް ނުވުމުން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރަނިކޮށް އެ މީހުން ހޯދީ އެ ކުންފުނީގެ އެހެން ބޯޓަކުން އޭގެ 12 ގަޑިއިރު ފަހުންނެވެ. އޭރު އެ މީހުން ތިބީ ބޯޓުން ފުންމާލައި ކަނޑުމަތީގަ އެވެ.
ވަގަށް މަސްވެރިކަންކުރި ބޯޓަކަށް ބޮޑު ޖޫރިމަނާއެއް!
ފަހުން އަތުލައިގަތް ހަތް މަސް ބޯޓެއް ދޫކޮށްލައިފި
ދާއަޅަން އުޅުނު ލަންކާގެ ބޯޓުތަކެއް ހިފަހައްޓައިފި
ލަންކާގެ 4 މަސްބޯޓެއް ހިފަހައްޓައިފި
ލަންކާގެ ދެ މަސްބޯޓް މާލެ ގެނެސް ތަހުގީގު ފަށައިފި
ރާއްޖެ ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް