ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެބޯޓަކާއި ގަވައިދާ ހިލާފަށް ވަދެ އުޅުނު އެހެން ހަތަރު ބޯޓެއް ކޯސްޓް ގާޑުން މިއަދު ހިފަހައްޓައިފި އެވެ.
22 ނޮވެމްބަރ 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެބޯޓަކާއި ގަވައިދާ ހިލާފަށް ވަދެ އުޅުނު އެހެން ހަތަރު ބޯޓެއް ކޯސްޓް ގާޑުން މިއަދު ހިފަހައްޓައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ، މާލޭގެ އިރުން 175 މޭލު ބޭރުން ހިފެހެއްޓި ހަތް ބޯޓަކީ ވެސް އަވަށްޓެރި ސްރީ ލަންކާގެ ބޯޓުަތައް ކަމަށެވެ. އެ ބޯޓުތައްް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޓުތައް މާލެ ގެނައުމުގައި ހަރަކާތްތެރި ވަނީ ކޯސްޓް ގާޑް ޝިޕް "ޝަހީދު އަލީ"ގެ ސިފައިންނެވެ.
"މަސްބޯޓްތަކުގެ ތެރެއިން ދެ ބޯޓް އޮތީ ދާއަޅައިގެން މަސްވެރިކަން ކުރަން،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ގަވައިދާ ހިލާފަށް ވަދެ އުޅުނު ބޯޓުތަކުގެ މައުލޫމާތު ކޯސްޓްގާޑަށް ދިނީ އަސުރުމާ3 ނަަމަކަށް ކިޔާ މަސް ދޯންޏެއްގެ ބައެކެވެ.
ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މަސް ބޯޓުު ހިފަހައްޓާ އިރު އޭގެ ތެރޭގައި އެންމެ ގިނައީ ލަންކާގެ އުޅަނދުފަހަރެވެ. ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް މި މަހު ކުރީކޮޅު ވެސް ލަންކާގެ ބޯޓެއް ހިފެހެއްޓި އެވެ.
ރާއްޖޭގެ މަސްވެރިން ވެސް އަވަށްޓެރި ގައުމުތަކުގެ ސަރަހައްދަށް ވަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.
މަސްވެރިކަންކުރަމުން ދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖެ ސަރަހައްދަށް ވަން ލަންކާ ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓަކަށް އެހީތެރިވަނީ
ފަހުން އަތުލައިގަތް ހަތް މަސް ބޯޓެއް ދޫކޮށްލައިފި
ލަންކާގެ 4 މަސްބޯޓެއް ހިފަހައްޓައިފި
"ދޯސްތީ"ގެ ތަމްރީނުތައް މާދަމާ ރާއްޖޭގައި ފަށަނީ
ގެއްލިގެން އުޅުނު ލަންކާގެ މަސްބޯޓު ހޯދައިފި
ލަންކާގެ ދެ މަސްބޯޓް މާލެ ގެނެސް ތަހުގީގު ފަށައިފި
ރާއްޖެ ވަދެ އުޅުނު ލަންކާގެ ދެ މަސްބޯޓު އަތުލައިގެންފި