ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހެން މަސައްކަތްކުރުމުން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އަބޫބަކުރު ފައިސަލް މިއަދު މަރުވެއްޖެ އެވެ.
19 ޑިސެމްބަރ 2022
ހދ. ނޮޅިވަރަންގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ ދަންޖެހެން މަސައްކަތްކުރުމުން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އަބޫބަކުރު ފައިސަލް މިއަދު މަރުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި ފައިސަލް، 32، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަނުގައި ދަންޖެހިގެން މަރުވާން އުޅެނިކޮށް ފެނިފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ ފައިސަލް މަރުވީ މިއަދު 8:28 ގައި ކަމަށާއި ހޮސްޕިޓަލުން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ފައިސަލްގެ އަންހެނުން، ނިޝާމާ މުހައްމަދުގެ މަރަށް ފަހު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ.
ނިޝާމާ މަރުވެފައި އޮއްވައި ފެނުނުއިރު ޝައްކުވާ ފަދަ ޒަހަމްތަކެއް އޭނާގެ ކަރުގައި ހުއްޓެވެ. އެނގިފައިވާ ގޮތުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ އޭނާ އަކީ އަނިޔާ ލިބޭ މީހެއް ކަމަށް ބުނެ އެކަން ރިޕޯޓްކުރުމަށެވެ.
ނިޝާމާ މަރާލި ކަމަށް އޭނާގެ އާއިލާއިން ފައިސަލަށް ތުހުމަތުކުރަނީ ނިޝާމާއާ އެންމެ ފަހުން ބައްދަލުވި މީހަކީ ފައިސަލް ކަމަށް ވުމާއި ކުއްލިއަކަށް ރަށުން ފުރައިގެން ދިއުމެވެ. އޭނާ ރަށުން ފުރީ ފިލަންވެގެން ކަމަށް އާއިލާ އިން ތުހުމަތުކުރެ އެވެ.
ނިޝާމާގެ މަރުގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމައިފަ އެވެ. ނިޝާމާ މަރުވެފައި އޮތްކަން އާއިލާއަށް އެނގުނީ ފައިސަލްގެ ފޭސްބުކްގައި ނިޝާމާ ބުރުގާ ނާޅައި ނަގާފައި ހުރި ފޮޓޯތަކެއް ލާފައި ހުރުމުން އެ ޑިލީޓް ކުރުމަށް އާއިލާގެ ބަޔަކު ނިޝާމާ އާއި ފައިސަލަށް ގުޅުމުން ފޯނު ނުނެގުމުން އެ ގެ އަށް ގޮސް ބެލި އިރު އެވެ. އާއިލާ އިން ވާހަކަ ދެއްކި މީހުން "މިހާރު" އަށް ބުނެފައިވާ ގޮތުގައި އެ މީހުންގެ ކޮޓަރީގެ ދޮރުގައި ތެޅުމުން ވެސް ދޮރު ނުހުޅުވުމުން، އެތެރެއަށް ވަދެފައި ވަނީ މަކުޑި ނައްޓުވާލައިގެންނެވެ. ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ލިބިފައި ވެ އެވެ.
ނިޝާމާއަށް ފައިސަލް އަނިޔާކުރާ ކަމުގެ ތުހުމަތުތައް ވެސް އެބަ އޮތެވެ. ފައިސަލް އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ މައްސަލަތަކެއްގެ ރެކޯޑު އޮތް މީހެކެވެ. ފައިސަލްގެ ކުރީގެ އަންހެނުން އޭނާގެ ގާތުން ވަރިވި ސަބަބަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އަނިޔާކުރާތީ ކަން ރަސްމީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުން އެނގެން އެބައޮތެވެ.
ނިޝާމާގެ މަރު: ފިރިމީހާ ހައްޔަރުކޮށްފި
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
ޒަކިއްޔާ މަރަށް އަހަރެއް: އަނެއްކާވެސް މުޒާހަރާއެއް
އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
މާވަށުގައި ޒުވާނާ މަރާލި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
އަބްދުއްރަހުމާން މަރާލާފައި އޮތީ ބޮލަށް ހަމަލާދީގެން