Roadha Mihaaru
ފްރާންސް ޓީމުގައި ހުމުގެރޯގާ ފެތުރޭތީ ފިޔަވަޅު އަޅައިފި

ފްރާންސް ޓީމުގައި ހުމުގެ ރޯގާއެއް ފެތުރެނީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފި

15 ޑިސެމްބަރ 2022

ދޯހާ (ޑިސެމްބަރު 15) - ފްރާންސްގެ ޓީމުގެ ކޭމްޕުހައި ހުމުގެ ރޯގާއެއް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

ދޯހާ (ޑިސެމްބަރު 15) - ފްރާންސްގެ ޓީމުގެ ކޭމްޕުހައި ހުމުގެ ރޯގާއެއް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި އެވެ.

ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް އާ އިންޓަވިއު ކުރުމުގެ ކުރިން ނޫސްވެރިން މާސްކު އެޅުމަށް ފްރާންސްގެ މީޑީއާ އޮފިޝަލް އެންގި އެވެ.

"ބަލި އިތުރަށް ފެތުރުނަ ނުދޭ ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅަން އަހަރެމެން މި މަސައްކަތް ކުރަނީ،" ޑެޝޯމްޕްސް ބުންޏެވެ.

އެކަމަކު ފްރާންސް ޓީމަށް ހުމުގެ ރޯގާގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ބުނާ ވާހަކަ ޑެޝޯމްޕްސް ދޮގު ކުރެ އެވެ.

އޭނާ ބުނީ ޓީމުގައި އުޅެނީ ރޯގާ ޖެހިގެން ފެންނަ އަލާމަތްތައް ކަމަށެވެ.

އެޑްރިއަން ރަބިއޯ އާއި ޑަޔޮޓް އުޕަމެކާނޯ ރޭގެ މެޗުގައި ބޭނުން ނުކުރީ އެ އަލާމާތްތައް ހުރުމުން ކަމަށް ޑެޝޯމްޕްސް ބުންޏެވެ.

އުޕަމެކާނޯ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވަނީ ލިސްޓްކޮށްފަ އެވެ. އެކަމަކު ރަބިއޯ މުޅިން ރަނގަޅު ނުވާތީ ޓީމާއެކު ދަނޑަށް ވެސް ނުދެ އެވެ. އޭނާ ހުރީ ދޯހާގައި ފްރާންސްގެ ޓީމު ތިބޭ އަލް މިސީލާ ހޮޓެލްގަ އެވެ.

ޑެޝޯމްޕްސް ބުނީ އުޕަމެކާނޯ ފައިނަލު މެޗަށް ފިޓް ވާނެ ކަމަށެވެ. އަދި ރަބިއޯ ވެސް ތިން ދުވަސްތެރޭ ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ފްރާންސާ އެކު ވޯލްޑް ކަޕުގެ ތަށި ދިފާއު ކުރަން ނުކުންނަ ޑެޝޯމްޕްސް ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ދޯހާގެ ފިނިހޫނުމިން ވަރަށް ބޮޑަށް ދަށަށް ދިއުމުން ހުމުގެ ރޯގާއެއް ދޯހާގައި ފެތިރެމުންދާކަން. އަހަރެމެން ޓީމުން ވެސް ރޯގާގެ އަލާމަތް ވަނީ ފެނިފަ،" އޭނާ ބުންޏެވެ.

"އަހަރެމެން އެންމެން މި މަސައްކަތް ކުރަނީ ފަރުވާތެރިކަމާއެކު ފިޔަވަޅު އަޅަން އިތުރަށް ފެތުރުނަ ނުދޭން. ޑަޔަޓް ބަލިވީ ކުއްލިއަކަށް. އެއީ ވެދާނެ ގޮތެއް. އެހާވަރަށް ފިޒިކަލް ޓްރޭނިންތައް ހެދީމަ ހަށިގަނޑު ކޮންމެވެސް ވަރަކަށް ވަރުބަލިވީމަ މި އިންފެންކްޝަންގެ އަސަރު ބޮޑުވާހެން ވެސް ހީވާނެ."

ފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް ކުޅޭ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.