06 އޯގަސްޓް 2024
ޕެރިސް (އޮގަސްޓް 6) – މިއަހަރުގެ ހޫނު މޫސުމުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ސްޕެއިން އާއި ފްރާންސް ދަތުރު ކޮށްފި އެވެ.
ޕެރިސް (އޮގަސްޓް 6) – މިއަހަރުގެ ހޫނު މޫސުމުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލަށް ސްޕެއިން އާއި ފްރާންސް ދަތުރު ކޮށްފި އެވެ.
ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ސްޕެއިން އިން ފަހަތުން އަރައި 2-1 އިން މޮރޮކޯ ބަލިކުރި އިރު، ދެވަނަ މެޗުގައި މިސްރު މައްޗަށް ފްރާންސް ކުރި ހޯދީ އިތުރު ވަގުތު ކުޅެގެން، 3-1 އިންނެވެ.
ފުރަތަމަ ފަހަރަށް އޮލިމްޕިކް ސެމީ ފައިނަލް ކުޅުނު މޮރޮކޯ ވަނީ މެޗުގެ 37 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ސުފިއާން ރަހީމީ އެވެ. ނަމަވެސް ދެވަނަ ހާފުގައި ފާމިން ލޮޕޭޒް، މެޗުގެ 65 ވަނަ މިނިޓުގައި ސްޕެއިން އަށް ނަތީޖާ އެއްވަރު ކޮށްދިންއިރު، މޮޅު ކޮށްދިން ލަނޑު 86 ވަނަ މިނިޓުގައި ޖަހައިދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ހުއާންލޫ ސަންޗޭޒް އެވެ.
މިއާ އެކު ސްޕެއިން ވަނީ ގެޖިގެހިގެން ދެވަނަ ފަހަރަށް ފައިނަލަށް ހޮވިފަ އެވެ. އެންމެ ފަހުން ބޭއްވި ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ފައިނަލްގައި ވެސް ސްޕެއިން ކުޅުނެވެ. އޭގެ ކުރިން 1992 ވަނަ އަހަރު ސްޕެއިން ވަނީ ރަން މެޑަލް ހޯދައިފަ އެވެ.
މުބާރާތް ބާއްވާ ގައުމު، ފްރާންސް އާ ދެކޮޅަށް ފުރަތަމ ލީޑު ނެގީ މިސްރެވެ. މެޗުގެ 62 ވަނަ މިނިޓުގައި މުހުމޫދު ސަބާ އެވެ. ފްރާންސް އިން އެއްވަރު ކުރީ 83 ވަނަ މިނިޓުގައި ޖިއާން ފިލިޕޭ މަޓޭޓާ ޖަހައިދިން ގޯލުންނެވެ.
މިއާ އެކު ނަތީޖާ އެއްވަރުވެ، ކުޅުނު އިތުރު ވަގުތު ފަށައިގެން ނުވަވަނަ މިނިޓުގައި މަޓޭޓާ ވަނީ ފްރާންސް އަށް މެޗުގައި ލީޑު ނަގައިދީފަ އެވެ. އަދި ފަހު ހާފުގައި ތިންވަނަ ލަނޑު ޖަހައިދިނީ އަންނަ ސީޒަނަށް ބެޔާން މިއުނިކަށް ބަދަލުވެފައިވާ މައިކަލް އޮލީސޭ އެވެ.
މިއީ 1984 ވަނަ އަހަރު މި އިވެންޓުން ރަން މެޑަލް ހޯދި ފަހުން ފްރާންސް ފައިނަލަށް ފަތުރުކުރި ފުރަތަމަ ފަހަރެވެ. މިސްރު ވަނީ މީގެ ކުރިން 1928 އަދި 1964 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަ ކޮށްފަ އެވެ. ސެމީއިން ބަލިވެ، ތިންވަނަ ހޮވަން ކުޅުނު މެޗުން ވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެ އެވެ.
މުބާރާތުގައި މިހާތަނަށް ހަ ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި އޮތީ މޮރޮކޯގެ ސުފިއާން ރަހީމީ އެވެ. ފްރާންސްގެ މަޓޭޓާ އާއި ސްޕެއިންގެ ފާމިން ލޮޕޭޒް ވަނީ މިހާތަނަށް ހަތަރު ލަނޑު ޖަހައިފަ އެވެ.
މުބާރާތުގައި މިހާތަނަށް ހަ ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި އޮތީ މޮރޮކޯގެ ސުފިއާން ރަހީމީ އެވެ. ފްރާންސްގެ މަޓޭޓާ އާއި ސްޕެއިންގެ ފާމިން ލޮޕޭޒް ވަނީ މިހާތަނަށް ހަތަރު ލަނޑު ޖަހައިފަ އެވެ.
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ފްރާންސާއި ނެދަލެންޑްސްއަށް ވެސް ފުރުސަތުތައް ބޭކާރު