15 ޑިސެމްބަރ 2022
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް ޕީއެސްއެމްގެ ޓެކްނިކަލް މެނޭޖަރު އަހުމަދު މުސްތަފާ އަދި ނައިބު ރައީސަކަށް ވަގުތު އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ޝަރީފް މިއަދު އިންތިހާބުކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް ޕީއެސްއެމްގެ ޓެކްނިކަލް މެނޭޖަރު އަހުމަދު މުސްތަފާ އަދި ނައިބު ރައީސަކަށް ވަގުތު އޮންލައިންގެ ޑެޕިއުޓީ އެޑިޓަރު ހުސައިން ޝަރީފް މިއަދު އިންތިހާބުކޮށްފި އެވެ.
ކައުންސިލުގެ ކުރިއަށް އޮތް ދެ އަހަރަށް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރީ ކައުންސިލްގެ އާ ދައުރަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި މެމްބަރުން މަގާމާ ހަވާލުވުމަށް ފަހު މިއަދު ބޭއްވި ޖަލްސާގަ އެވެ. މެމްބަރުންގެ މެދުގައި ވޯޓުނެގި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސަމީރެވެ.
ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ މުސްތަފާގެ އިތުރުން އާފަތިސް އޮންލައިނުން އަލީ ނިޝާން (މިލްޒީރޯ) އެވެ.
ނަމަވެސް ނުވަ މެމްބަރުންގެ ވޯޓުން އާ ދައުރުގެ ރައީސަކަށް އިންތިހާބުކުރީ މުސްތަފާ އެވެ. ނިޝާނަށް ލިބުނީ ހަ ވޯޓެވެ.
ނައިބު ރައީސް ކަމަށް ތިން މެމްބަރަކު ކުރިމަތިލެއްވި އެވެ. އެއީ ހުސައިންގެ އިތުރުން ވަން އޮންލައިންގެ މުހައްމަދު ސިމާއު އާއި އަމިއްލަ މެމްބަރު އަހުމަދު އަމީން މުހައްމަދެވެ.
އެމްއެމްސީގެ އާ ނައިބަކަށް ހަތް މެމްބަރުންގެ ވޯޓުން އިންތިހާބުކުރީ ހުސައިން އެވެ. އަމީނަށް ހަ ވޯޓު އަދި ސިމާއު އަށް ލިބުނީ ދެ ވޯޓެވެ.
ވޯޓު ނެގިއިރު ކައުންސިލްގެ ރިޔާސަތުގައި ސެކްރެޓަރީ ޖެނެރަލް އިންނެވުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބައެއް މެމްބަރުންނަށް ފާހަގަ ކުރެއްވުމުން އަލުން ވޯޓު ލާން ނިންމި އެވެ. ނަމަވެސް އެކަން ކައުންސިލްގެ ލީގަލް ޓީމުން ބަލައި، ކަނޑައެޅީ މައްސަލައެއް ނެތް ކަމަށެވެ.
އެމްއެމްސީގެ އާ ދައުރުގެ މެމްބަރުން ކަނޑައެޅުމުގެ އިންތިހާބުގައި 99 މީޑިއާއަކުން ވޯޓުލި އެވެ. މީޑިއާތަކުން ހަތް މެމްބަރުން އަދި އާއްމުންގެ ތެރެއިން ހަ މެމްބަރުން ތިބޭ އެ ކައުންސިލަށް މީޑިއާތަކުން 10 މީހަކު ކުރިމަތިލި އެވެ.
1. އަހުމަދު އާޒިފު (ސަން އޮންލައިން): 85 ވޯޓު
2. މުހައްމަދު ސިމާއު (ވަން އޮންލައިން): 85 ވޯޓު
3. މުހައްމަދު އަފްރާހު (ތިލަދުން): 83 ވޯޓު
4. މޫސާ ރަޝީދު (މިހާރު): 80 ވޯޓު
5. ހުސެއިން ޝަރީފް (ވަގުތު): 75 ވޯޓު
6. އަހުމަދު މުސްތަފާ (ޕީއެސްއެމް): 62 ވޯޓު
7. އަލީ ނިޝާން (އާފަތިސް އޮންލައިން): 58 ވޯޓު
އެމްއެމްސީ އަށް މީޑިއާތަކުން ކުރިމަތިލީ މީހުންގެ އިތުރުން އާއްމުންގެ ތެރެއިން ހޮވާ ހަ މެމްބަރުން ތިބޭ އިރު އެކަމަށް ޖުމްލަ 12 މީހަކު ކުރިމަތިލި އެވެ.
1. އަރުމާން ރަޝީދު: 84 ވޯޓު
2. އަހުމަދު ޝައްފާން: 79 ވޯޓު
3. ފާތިމަތު ޝާޒްލީ: 77 ވޯޓު
4. އަހުމަދު އަމީން އަހުމަދު: 54 ވޯޓު
5. މުހައްމަދު ނަސީރު: 52 ވޯޓު
6. އަލީ ރަޝީދު އިބްރާހިމް: 48 ވޯޓު
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"
ނޫސްވެރިކަމުގެ ހަޔާތީ އަރުތަ ހިރިގާ ޒާހިރާއި ރަމީޒަށް
"މިހާރު" ގެ ފަސް ނޫސްވެރިއަކަށް އެވޯޑް
މީޑިއާ ކައުންސިލަށް ތިން މެމްބަރުން އިންތިހާބުކޮށްފި
ނޫސްވެރިންނަށް ފުރައްސާރަކުރާތީ އެމްއެމްސީގެ ކަންބޮޑުވުން
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
ނޫސްވެރިންނަށް ޗައިނާއިން ފުރުސަތު ހޯދަން މަޝްވަރާކޮށްފި
ނޫސްވެރިން ތަމްރީނުކުރުމަށް ޖަޕާނާއެކު މަޝްވަރާކޮށްފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރެވޭ ގޮތަށް ބިލް ފާސްނުކުރަން އެދިއްޖެ