Roadha Mihaaru
މިއޮޓްގެ އެތެރެހަށީގެ ގުނަވަންތަކުގެ ހާއްސަ ޑޮކްޓަރެއް

އެތެރެ ހަށީގެ ބިލިއަރީ އަދި ހަޖަމުގެ ނިޒާމަށް ހާއްސަ މިއޮޓްގެ ޑޮކްޓަރު ދި ކްލިނިކަށް

18 ޑިސެމްބަރ 2022

ހަޖަމު ކުރުމާއި ލިވާ އާއި ޕެންކްރިއަސް އާއި ގޯލްޑް ބްލެޑާ އއި ބައިލް ޑަކްޓު (ބިލިއަރީ ނިޒާމު) އަދި އޯގަން ޓްރާންސްޕްލާންޓަށް ހާއްސަ ސާޖަން ޑރ. އިލާންގޯ ސެތޫ މި މަހުގެ 20 އިން 21 އަށް ދި ކްލިނިކްގައި މީހު ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހަޖަމު ކުރުމާއި ލިވާ އާއި ޕެންކްރިއަސް އާއި ގޯލްޑް ބްލެޑާ އއި ބައިލް ޑަކްޓު (ބިލިއަރީ ނިޒާމު) އަދި އޯގަން ޓްރާންސްޕްލާންޓަށް ހާއްސަ ސާޖަން ޑރ. އިލާންގޯ ސެތޫ މި މަހުގެ 20 އިން 21 އަށް ދި ކްލިނިކްގައި މީހު ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއޮޓުން ބުނި ގޮތުގައި މިހާރު އެ ނިޒާމުގެ އެކި ބަލިތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންނާއި އެ ނިޒާމުގެ ބަލިތައް ތަހައްމަލު ކުރާ މީހުން ދެ ވަނަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ނަމަ މިއީ ރަނގަޅު ފުރުސަތެކެވެ.

ބިލިއަރީ ނިޒާމުގައި ހިމެނޭ ގުނަވަންތަކަކީ ނުރައްކާތެރި ބޮޑެތި ބަލިތައް ޖެހޭ ގުނަވަންތަކަކެވެ. އިންޑިއާގެ މިއޮޓް ހޮސްޕިޓަލަކީ އެ ނިޒާމުގެ ގުނަވަންތަކުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގައި ވަރަށް ތަޖުރިބާ ހުރި ހޮސްޕިޓަލެއް ކަމަށް އެ ތަނުން ބުންޏެވެ.

ހަޖަމް ކުރުމުގެ ނިޒާމުގެ ކާނާ ދަތުރުކުރާ ހޮޅި (ފުޑް ޕައިޕް) އާއި ބަނޑު އަދި ކުޑަ ގޮހޮރާއި ބޮޑު ގޮހުރުގެ ކެންސަރަށް އެ ހޮސްޕިޓަލުން ފަރުވާ ދެ އެވެ. އަދި ލިވާ އާއި ޕްންސްއިރަސް ގޯލްޑް ބްލެޑާ ބައިލްޑަކްޓުގެ ކެންސަރާއި ލިވާ އަދި ކިޑްނީ ޓްރާންސްޕްލާންޓާއި ހިލަ އުފެދުން ފަދަ ބަލިތަކަށް ފަރުވާދެ އެވެ.

މިއޮޓުން ބުނީ ޑރ. ސެތޫ އަކީ 10،000 އަށް ވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދީ، ހަޖަމުގެ ނިޒާމުގެ ގިނަ ބަލިތަކަށް ފަރުުވާ ދެއްވައި ބިލިއަރީ އަދި ހަޖަމުގެ ނިޒާމުގެ ގުނަވަންތަކުގެ ކެންސަރަށް ފަރުވާ ދީފައިވާ ޑޮކްޓަރެއް ކަމަށެވެ.

ދި ކުލިނިކުގައި ޑޮކްޓަރު ބައްލަވާ ދެ ދުވަހު ޑޮކްޓަރަށް ދެއްކޭނީ އެޕޮއިންޓްމަންޓު ހައްދައިގެންނެވެ. އެޕޮއިންޓުމަންޓު ހެއްދުމަށް 3334888 އަށް ގުޅައިގެން ނުވަތަ 9477294 އަށް ވައިބާ ކޮށްގެން އެޕޮއިިންޓުމަންޓު ހެއްދޭނެ އެވެ.