މެންޗެސްޓާ (ޖެނުއަރީ 14) - އޭނާއާ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ކްލޮޕް މާ ރުޅިގަދަ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
14 ޖެނުއަރީ 2017
މެންޗެސްޓާ (ޖެނުއަރީ 14) - އޭނާއާ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްއާ އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ކްލޮޕް މާ ރުޅިގަދަ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރީނިއޯ ބުނީ މިއީ އިންގްލެންޑުގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ކޮންމެ މީހެއްގެ ވެސް ލޯ އަމާޒުވާނެ މެޗެއް ކަމަށެވެ.
"ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑްގެ މެޗަށް އިންތިޒާރުކުރަނީ ހަމައެކަނި ކުޅުންތެރިންނާ ކޯޗުން އަދި މި ދެ ކްލަބުގެ ސަޕޯޓަރުން އެކަންޏެއް ނޫން. ދުނިޔޭގައި ފުޓްބޯޅަ ބަލާ ކޮންމެ ބަޔެއް މި މެޗަށް އިންތިޒާރުކުރާނެ. މި މެޗުން ވާ ގޮތް ބަލާނެ،" މޮރީނިއޯ ބުންޏެވެ.
ކްލޮޕް ބުނީ މޮރީނިއޯ އަކީ މޮޅު ކޯޗެއް ކަމަށާއި ފެންވަރު ސާބިތުކޮށްފައިވާ ކޯޗެއް ކަމަށެވެ. އަދި އޭނާއާ މޮރީނިއޯއާ އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަަމަށާއި މޮޅުވާން ހުރިހާ ކަމެއް ކުރާ ކަމަށެވެ.
ކްލޮޕްގެ ވާހަކަތަކަށް ޖުމްލަ ގޮތެއްގައި މޮރީނިއޯ ތާއީދުކުރި އެވެ.
"ކްލޮޕް ބުނީ ތެދެއް. އަހަންނާ އޭނާއާ އަކީ މޮޅުވުމަށް ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރާ ދެ ކޯޗުން އެކަމަކު އަހަރެން ކްލޮޕަށް ވުރެ ރުޅިމަޑުވާނެ. އެކަމަކު އެއީ މާ ބޮޑު ތަފާތެއް ކަމަށް ނުބަލަން،" މޮރީނިއޯ ބުންޏެވެ.
ލިވަޕޫލް ދަނޑުގައި މި ސީޒަނުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މޮރީނިއޯ ބުނީ މި މެޗުން ބަލިވުމަކީ ގިނަ ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"ލިވަޕޫލް އަތުން ބަލިވުމަކީ ސަޕޯޓަރުންނަށް ހަަޖަމު ކުރަން އުނދަގޫ ނަތީޖާއަކަށްވާނެ. އަހަރެންގެ ފޯކަސް އަކީ އެ ހުރިހާ ކަމަކަށް ވިސްނައިގެން ނުކުމެ މި މެޗު ކާމިޔާބު ކުރުން. އެއީ ކްލަބް ކުރިޔަށްދާނީ ސަޕޯޓަރުންނާ އެކު،" މޮރީނިއޯ ބުންޏެވެ.
މި ވަގުތުގެ ފޯމަށް ބަލާއިރު ޔުނައިޓެޑަށް އެޑްވާންޓޭޖް ބޮޑު ކަމަށާއި އެކަމަކު އެއީ ބޮޑު މެޗަކަށް އެއްވެސް އަަސަރެއް ކުރާނެ ކަމެއް ގޮތުގައި ނުދެކޭ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލާއި ހަ ވަނައިގައި އޮތް ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ޔުނައިޓަޑްގެ މެޗުތައް ތާށި ކުރުމަކީ ކުށެއް: ކްލޮޕް
ކްލޮޕް ކުރި ތައުރީފަށް މޮރީނިއޯ އެއްބަހެއްނުވި
"އެންމެ މޮޅީ ލިވަޕޫލް ކަމަށް އެއްބަހެއް ނުވެވޭނެ"
ލިވަޕޫލަކީ މި ވަގުތު ދުނިޔޭގެ އެއް ވަނަ: މޮރީނިއޯ
ޔުނައިޓެޑް ލީގު ކާމިޔާބުކުރަން 30 އަހަރެއް ނުނަގާނެ
"ސިޓީ އަށް ދޫކޮށްލައި އަތްއުރާލައިގެން ނުތިބޭނަން"
ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ މޮރީނިއޯ އަށް ލިބޭ އުފަލެއް
މޮރީނިއޯގެ ފާޑުކިޔުންތަކަށް ކްލޮޕް ދިނީ ފިނި ޖަވާބެއް
މެޗު ދިޔައީ އަހަރެންގެ ޕްލޭނާ އެއްގޮތަށް: މޮރީނިއޯ