ގުޅިގަޅު ހުންނަ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
18 ޑިސެމްބަރ 2022
ގުޅިގަޅު ހުންނަ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލުނު އިންޑިއާ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
އެ މީހާ ގެއްލުނުތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވިޔަސް، އެ މީހާގެ ވަނަވަރު އާންމުނުކުރަނީ ކީއްވެތޯ ފޮލިސް މީޑިއާގައި އެހުމުން އަދި ޖަވާބެއް ނުލިބެ އެވެ.
ތިލަމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވެސް ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގުޅިފަޅުގައި އަލިފާން ރޯވި ތަނުގައި ތިބި 457 މުވައްފުންގެ ތެރެއިން އެކަކު މަދު ކަމަށެވެ. އެ މީހާ ހޯދުމަށް ސަލާމަތީ އިދާރާތަކުން ކުރި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށާއި އެކަމަކު މީހެއްގެ ހަށިގަނޑު ނުވަތަ މީހަކު ވެސް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން އަންގާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފުލުުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެތަނުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 78 މީހަކަށް އެކިވަރުގެ އަނިޔާ ވެގެން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން 32 މީހަކު އެޑްމިޓުކޮށް އަންނަނީ ފަރުވާދެމުންނެވެ. ކުދިކުދި އަނިޔާތައް ލިބުނު 24 މީހުންގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަންކޮށްފައިވާއިރު، ބާކީ ތިބި މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވެ އެވެ.
އެފްކޮންސް އިން ބުނީ އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަންނައުނާއި ސޫޓް ކޭހާއި މޮބައިލް ފޯނު އަދި މާލީގޮތުން ވެސް އެހީވާ ކަމަށް ބަޔާނުގައި ބުންޏެވެ.
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ހާލުގައި ޖެހުނުމީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި
ކާކުގެ ކަށިތަކެއްކަން އެނގޭނީ ޑީއެންއޭ ހެދުމުން
ގެއްލުނު މީހާ ނުފެނުނު: އެފްކޮންސް
އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ދޯންޏެއްގައި ރޯވެ މީހަކު ގެއްލިއްޖެ
ހުޅުމާލޭ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގައި ދެ ގެއެއްގެ ފެން ހޮޅިއަށް ގެއްލުންވެއްޖެ
ފުރުޓް ފިހާރާގައި ރޯވެ 10 މިލިއަން ރުފިޔާގެ ގެއްލުން
ރޭގައި ރޯވި ގޭގެ އެއް ކޮޓަރި އަނދައި ހުލިވި