14 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ވަރުގަދަ ހަ ފްރެންޗައިސް ރެސްޓޯރަންޓާއި ކެފޭ ބްރޭންޑްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިންވެސްޓްކުރުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުވާލައިފި އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ހަ ފްރެންޗައިސް ރެސްޓޯރަންޓާއި ކެފޭ ބްރޭންޑްތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިންވެސްޓްކުރުމުގެ ފުރުސަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުވާލައިފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، އެ އެއާޕޯޓުގެ ވޯޓާ ފްރަންޓްގައި ހަދާ އިމާރާތުގައި ރެސްޓޯރަންޓާއި ކެފޭ ފަދަ އައުޓްލެޓް ހިންގަން ހުޅުވާލާފައި ވަނީ ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ބްރޭންޑްތަކަށެވެ.
އެމްއޭސީއެލް އިން ހުޅުވާލާފައި ވަނީ ކޮފީ ކޮންސެޕްޓަށް ކެފޭއެއް ހިންގަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޮފީ ބްރޭންޑް، އެމެރިކާގެ ސްޓާ ބަކްސް އަށާއި ޑޯނަޓާއި ޕޭސްޓްރީ ވިއްކާ ތަނެއް ހިންގަން މަޝްހޫރު "ޑަންކިން ޑޯނަޓްސް" އަށާއި "ކްރިސްޕީ ކްރީމް" އަށާއި ކެޝުއަލް ޑައިނިން އަށް މަޝްހޫރު ނަންޑޯސް އަދި ހާޑްރޮކް ކެފޭ އަށާއި ފާސްޓް ފުޑް ވިއްކުމަށް ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) ނުވަތަ މެކްޑޮނަލްސް އަށެވެ. މީގެ އިތުރުން ޕީއްޒާ އަށް ޑޮމިނޯސް ނުވަތަ ޕިއްޒާ ހަޓަށް ހުޅުވައިލިއިރު އައިސް ކްރީމް ވިއްކުމަށް ހާގެންޑާޒް ނުވަތަ ބާސްކިން ރޮބިންސް އަށް ފުރުސަތު ދީފައިވެ އެވެ.
އިއުލާނުގައިވާ ގޮތުން ސްޓާބްކްސް ކޮފީ ޝޮޕެއް ހިންގުމަށް 231 އަކަމީޓަރުގެ ސަރަހައްދެއް ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ޑޯނަޓް ވިއްކުމަށް ހާއްސަކޮށްގެން 80 އަކަމީޓަރު، ކެޝުއަލް ޑައިނިން އަށް 302 އަކަމީޓަރު، ފާސްޓްފުޑް ކޮންސެޕްޓް ރެސްޓޯރަންޓަކަށް 171 އަކަމީޓަރު، ޕިއްޒާ ވިއްކަން 99 އަކަމީޓަރު އަދި އައިސްކްރީމް ވިއްކަން 14 އަކަމީޓަރުގެ ތަނެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 31ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އަންނަ ފެބްރުއަރީ 15 ވަނަ ދުވަހު ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ފަހު، މާޗް 15 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ. އަދި މާޗް 16 ން އޭޕްރިލް އެއްވަނަ ދުވަހާ ހަމަޔަށް ބިޑްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މީހުން އާއްމުކޮށް ފައިބާ ސަރަހައްދުގައި އާ އެފްއެންޑްބީ އައުޓްލެޓުތަކެއް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 14،000 އަކަފޫޓުގެ ބޮޑު އިމާރާތެއްގަ އެވެ. އެތަނުގެ ސްޓީލް އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރަމުން އަންނަ ކަމަށް އެމްއޭސީއެލް އިން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ. އަދި އަމަލީ މަސައްކަތް ކުރި އަށް ގެންދަން މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، އަންނަ ޖޫން މަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
އެފްއެންޑްބީ އައުޓްލެޓުތައް ހަދާއިރު، އެމްއޭސީއެލް އިން އަންނަނީ އާ ޓާމިނަލާ ދިމާވާނެ ގޮތަށް އާ ޖެޓީތަކެއް ހަދަމުންނެވެ. އޭގެ ތެރެއިން ބައެއް ޖެޓީތައް މިހާރު ވަނީ ބޭނުންކުރަން ވެސް ފަށައިފަ އެވެ. އެއާޕޯޓުގައި މިހާރު ވެސް ބޭރުގެ ބޮޑެތި ބައެއް ފްރެންޗައިޒް ރެސްޓޯރަންޓުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބާގާ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އިތުރުން، ދަ ޕިއްޒާ ކޮމްޕެނީ އަދި ޑެއިރީ ކުއީން ހިމެނެ އެވެ.
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
ކޭއެފްސީ އާއި ޕިއްޒާ ހަޓް ރާއްޖެއަށް
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
ވެލާނާ އެއާޕޯޓްގައި އިއްޔެ އަކީ އެންމެ ބިޒީ ދުވަސް
ރާއްޖެއަށް މިދިޔައަހަރު 1.4މިލިއަން މީހުން ދަތުރުކުރި
ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި
އާ ވީއައިޕީ ލައުންޖް އަންނަ މަހު ހުޅުވަނީ
ސީޕްލޭން ޓާމިނަލް އެމްއޭސީއެލަށް ހިންގޭނެ: ފައްޔާޒު
ވީއައިއޭއަށް އަނެއްކާވެސް ބާރު ބޮޑު ދުވަހެއް!