20 ފެބުރުއަރީ 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށާއި މިއީ މިހާތަނަށް އެއާޕޯޓްގައި އެންމެ ގިނަ މޫވްމަންޓް ރެކޯޑްކުރެވުނު ދުވަސް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑްކުރެވިފައިވާ ކަމަށާއި މިއީ މިހާތަނަށް އެއާޕޯޓްގައި އެންމެ ގިނަ މޫވްމަންޓް ރެކޯޑްކުރެވުނު ދުވަސް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.
އެއާކްރާފްޓެއް ފުރުން ވެސް އަދި ޖެއްސުން ވެސް އެއީ އެއާ ޓްރެފިކް މޫވްމަންޓް ނުވަތަ އޭޓީއެމް އެކެވެ.
އެމްއޭސީއެލް އިން ބުނީ މަތިންދާބޯޓުގެ 210 ދަތުރާއި ސީޕްލޭންގެ 629 ދަތުރު އިއްޔެ ރެކޯޑްކުރެވިފައިވާ ކަަމަށެވެ.
މީގެ ކުރިން ވީއައިއޭގެ ރެކޯޑް އަދަދެއްގެ ދަތުރުގެ މުއާމަލާތް ހިންގާފައި ވަނީ 826 އޭޓީއެމްއާ އެކު މި އަހަރުގެ ޖެނުއަރީ މަހު އެވެ.
ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ވީއައިއޭގެ އެންމެ ބިޒީ ދުވަސްވަރެވެ. މިދިޔަ ޖެނުއަރީ މަހު ކޮވިޑްގެ ހާލަތު ގޯސްވެ ދަތުރުތައް މަދުވުމަށް ފަހު އަނެއްކާ ވެސް ވަނީ ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވެފަ އެވެ.
ވީއައިއޭން ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުވަމުން އަންނަ އިރު އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރަން ބިލިއަނެއްހާ ޑޮލަރުގެ އިންވެސްޓެއް ކޮށްފައިވެ އެވެ. އާ ރަންވޭއެއް ހެދުމާއި އާ ޓާމިނަލް އިމާރާތްކުރުން ވެސް މީގެ ތެރޭގައިހިމެނެ އެވެ. އާ ރަންވޭ ބޭނުން ކުރަން ފަށާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން، ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދު މިހާރަށް ވުރެ ވެސް އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
ރާއްޖެއަށް މިދިޔައަހަރު 1.4މިލިއަން މީހުން ދަތުރުކުރި
ވީއައިޕީ/ސީއައިޕީ ޓާމިނަލް ބޭނުން ކުރަން ފަށައިފި
އާ ވީއައިޕީ ލައުންޖް އަންނަ މަހު ހުޅުވަނީ
ސީޕްލޭން ޓާމިނަލް އެމްއޭސީއެލަށް ހިންގޭނެ: ފައްޔާޒު
ވީއައިއޭއަށް އަނެއްކާވެސް ބާރު ބޮޑު ދުވަހެއް!
ކަރަންޓް ކެނޑުނީ 10 މިނެޓަށް: އެމްއޭސީއެލް
މިއަހަރު ތިން ވަނަ ފަހަރަށް އެއާޕޯޓު ރެކޯޑު މުގުރާލައިފި
ވީއައިއޭގެ އާ ޓާމިނަލްގެ ޕައިލިން މަސައްކަތް ނިމިއްޖެ
އެއާޕޯޓް އޮތީ އެލާޓްގައެއް ނޫން: އެމްއޭސީއެލް