25 ޑިސެމްބަރ 2022
ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދު އޮތީ މަރާލާފައި ކަމަށާއި އެކަން ކޮށްފައި ވަނީ ހަރު އެއްޗެއް ކަރުގައި އަޅައި ބާރުކޮށް ނޭވާ ހާސްކޮށްގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފި އެވެ.
ހދ. ނޮޅިވަރަމްގައި މި މަހުގެ 10 ވަނަ ދުވަހު މަރުވެފައި އޮއްވައި ފެނުނު ނިޝާމާ މުހައްމަދު އޮތީ މަރާލާފައި ކަމަށާއި އެކަން ކޮށްފައި ވަނީ ހަރު އެއްޗެއް ކަރުގައި އަޅައި ބާރުކޮށް ނޭވާ ހާސްކޮށްގެން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފި އެވެ.
ކޮޓަރި ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ނިޝާމާ، 29، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވީ މަރުވިތާ 12 ދުވަސް ފަހުން މިދިޔަ ބުދަ ދުވަހު އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނިޝާމާ އޮތީ ކަރުގައި އެއްޗެއް އަޅައި ބާރުކޮށް ނޭވާ ހާސްކޮށްލައިގެން ކަމަށް ދެއްކީ ޕޯސްޓް މޯޓަމްގެ ވަގުތީ ރިޕޯޓުން ކަމަށެވެ.
ނިޝާމާ މަރުވެފައި އޮއްވައި ފެނުނު އިރު އޭނާގެ ކަރުގައި ނޫނީ ޒަހަމެއް ފެންނަން ނެތް ކަމަށް އެނގިފައިވެ އެވެ.
މަރުގެ ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެކަން ތަހުގީގުކުރަން އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހުމުން، ފަރުވާ ދެމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު އޭނާ ވެސް ވަނީ މަރުވެފަ އެވެ.
ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދި އެވެ. އެކަމަކު، އާއިލާއިން ބޭނުން ނުވި ނަމަވެސް އެއީ ޝައްކު ކުރެވޭ މަރަކަށް ވާތީ، ފުލުހުން ބޭނުން ނަމަ ޕޯސްޓްމޯޓަމް ހެދޭނެ އެވެ.
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
އިޒްރޭލު ސިފައިން ޖެނީނަށް އަރައި ބަޔަކު ޝަހީދުކޮށްފި
ޕޯސްޓްމޯޓަމަށް ފަހު ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި
ނިޝާމާގެ މަރު: ދަންޖެހުނު ފިރިމީހާ ފައިސަލް މަރުވެއްޖެ
ޕޯސްޓްމޯޓަމް ހަދަން ނިޝާމާގެ ހަށިގަނޑު އަދި ނުފޮނުވޭ
ނިޝާމާގެ މަރަށްފަހު ފިރިމީހާ ހެދުނީ "ވިކްޓިމް" އަކަށް
ނިޝާމާގެ މަރު: ފިރިމީހާ ހައްޔަރުކޮށްފި
ނިޝާމާގެ މަރު: އާއިލާގެ ކުއްލި ޝޮކާއި ޝައްކުތައް!
ނޮޅިވަރަމުން މަރުވި އަންހެން މީހާގެ ހަށިގަނޑު މާލެއަށް
އަންހެން މީހާގެ މަރު: ފިރިމީހާ ކުޅުދުއްފުށީ ޕޮލިހުގައި