25 ޑިސެމްބަރ 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު އިއްވާފައިވަނީ ނުހައްގު ޖަލު ހުކުމެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މަގުމަތީ އިހުތިޖާޖު މިރޭ ކުރަން ފަށައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއަދު އިއްވާފައިވަނީ ނުހައްގު ޖަލު ހުކުމެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މަގުމަތީ އިހުތިޖާޖު މިރޭ ކުރަން ފަށައިފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ޔާމީންގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ވަނީ 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާށެވެ. ޖަލު ހުކުމް ތަންފީޒު ކުރުމަށް މީގެ ކުޑައިރުކޮޅެއް ކުރިން ޔާމީން ވަނީ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
ޔާމީނުގެ ސަޕޯޓަރުން ވަނީ މާލެ މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަން ފަށާފަ އެވެ. އެ ޕާޓީން ބުނީ އިހުތިޖާޖަށް ނުކުތީ ޔާމީނަށް ކޮށްފައި ވަނީ ހަރާމް ހުކުމަކަށްވާތީ އެކަމާ ދެކޮޅަށް ކަމަށެވެ.
ޕީޕީއެމް އިހުތިޖާޖުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ބައިވެރިވަނީ.-- ފޮޓޯ: ޕީޕީއެމް
އިހުތިޖާޖު ކުރަމުން ދަނީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގަ އެވެ.
ޔާމީނުގެ ލޯޔަރުން ބުނެފައި ވަނީ އެ މަނިކުފާނަށް ކުރި ހުކުމު ގަބޫލު ނުކުރާ ކަމަށާއި އިސްތިއުނާފަށް ލާނެ ކަމަށެވެ. އަދި އިސްތިއުނާފުން ކުރި ހޯދާ ޔާމީން މައުސޫމުކަން ސާބިތުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް، އެ މަނިކުފާނަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމާ އެކު ވަނީ އުނިވެފަ އެވެ.
ޕީޕީއެމުން މިރޭ ކުރިއަށްގެންދާ މުޒާހަރާގައި ޕީއެންސީގެ ރައީސް އަދި އެ ޕާޓީގެ އިސް ވެރިން ބައިވެރިވަނީ.-- ފޮޓޯ: ޕީޕީއެމް
ޖިނާއީ ހުކުމެއް ސާބިތުވުމުން އިންތިހާބުގައި ވާދަކުރައްވަން އޮތް ހުރަހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ. އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.
އިދިކޮޅު މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފި
އިގުރާރާ ހިލާފު ކަމެއް ޔާމީން ނުކުރައްވާ: ވަކީލު
އެއްވުމުގައި ޔާމީން ބައިވެރިވުމުން ފިޔަވަޅު އަޅަނީ
ޔާމީން ދޫކުރަން ގޮވައި އިދިކޮޅުން ކަނޑުމައްޗަށް
"ފުއްގިރި ދޫކުރީ ހުށަހެޅުނު އަގަށްވުރެ ކުޑަ އަގަކަށް"
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް