Roadha Mihaaru
ކްލޮޕްގެ މެސެޖެއް ޓީމުތަކަށް: މިއީ އާ ފެެށުމެއް

ކްލޮޕްގެ މެސެޖެއް ގަދަ 4 ގެ ޓީމުތަކަށް: މީ އާ ކަމެއްގެ ފެށުމެއް

26 ޑިސެމްބަރ 2022

ބާމިންހަމް (ޑިސެމްބަރު 26) - ވޯލްޑް ކަޕަށް ފަހު ލިވަޕޫލުން ލީގާ ކުރިމަތިލީ އާ ފެށުމަކާ އެކުކަން ހާމަކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮތް ވާދަވެރި ޓީމުތަކަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް މެސެޖެއް ދިފި އެވެ.

ބާމިންހަމް (ޑިސެމްބަރު 26) - ވޯލްޑް ކަޕަށް ފަހު ލިވަޕޫލުން ލީގާ ކުރިމަތިލީ އާ ފެށުމަކާ އެކުކަން ހާމަކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި އޮތް ވާދަވެރި ޓީމުތަކަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް މެސެޖެއް ދިފި އެވެ.

ލިވަޕޫލް އޮތީ ތާވަލުގެ ހަ ވަނައިގައި އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު ލީގު ކަޕުގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް 3-2 އިން ބަލިވި ނަމަވެސް އެ މެޗުގައި ލިވަޕޫލުގެ ފަރާތުން ފެނުނު ކަންތައްތަކުން ގިނަ ކަންކަމަކަށް އުންމީދު ކުރާ ކަމަށް ކްލޮޕް ބުންޏެވެ. ލީގުގައި މިރޭ ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

"އަހަރެމެންގެ މަގާމަށް ބަހާލާއިރު ފަރަގެއް އެބަހުރި އަދި ޕޮއިންޓް ތާވަލުގައި ވެސް އަހަރެމެން އޮތީ ރަނގަޅު ހިސާބެއްގައި. އަހަރެމެން ޖެހޭނެ އެ ޖާގަ އަތުލަން. އަހަންނަށް ރޭ ގެ ވެސް ޓީމުން ފެނުނީ ރަނގަޅު ކަންތައްތަކެއް. ހުރިހާ ކަމަކާ އަހަރެން ހިތްހަމަ ޖެހެނީކީ ނޫން،" ކްލޮޕް ބުންޏެވެ.

"އަންނަން ހުރި ވަރަށް ގިނަ ކަންކަން އެބަ ހުރި. މި ބްރޭކާ މެދު އަހަރެމެން ނުވިސްނަން. މިއީ އާ ކަންތައްތަކެއްގެ ފެށުމެއް. އަހަރެމެން މިހާތަނަށް ކުރި މަސައްކަތްތަކުގެ މަތީގާއި ކަންކަން ރަނގަޅު ކަންތައްތަކެއް ބިނާ ކުރަން މިތިބީ އަދި ކުރި މަސައްކަތްތަކާ ބަލާއިރު އެކަންކަން ހާސިލު ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް."

ތަޖުރިބާކާރު ކޯޗު ބުނީ ވޯލްޑް ކަޕު ކުޅެފައި އަންނަ ކުޅުންތެރިންނަށް ސީޒަންގެ ބާކީ އޮތް ހަ މަސް ވާނީ ގޮންޖެހުން ބޮޑު ވަގުތަކަށް ކަމަށެވެ.

"ވޯލްޑް ކަޕު ކުޅެފައި އަންނަ ކުޅުންތެރިންނަށް ކުރިއަށް މިއޮތް އަހަރު ވާނީ ވަރަށް އުނދަގޫ އަހަރަށް. ވަރަށް ވަރަށް އުނދަގޫ ވާނެ. އަހަރެމެން ޖެހޭނެ ކިހިނެއްތޯ އަހަރެމެން އެކަމާ ކުރިމަތިލަނީ،" އޭނާ ބުންނެވެ.