ތައިލެންޑުގައި ބޭއްވި ފީޑިން ފްރެންޒީ ފެތުމުގެ މުބާރާތުގައި ވާދަކޮށް އިއްޔެ ރާއްޖޭގެ ގައުމީ ރެކޯޑެއް މުގުރާލި ހަނާން ހުސައިންގެ ކުޅިވަރުގެ ވާހަކަ ފަށަން ޖެހޭނީ އޭނާގެ ބައްޕަ، ކުރީގެ އެއް ވަަނަ މެރެތަން ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން) އާ ހަމައިންނެވެ.
28 ޑިސެމްބަރ 2022
ތައިލެންޑުގައި ބޭއްވި ފީޑިން ފްރެންޒީ ފެތުމުގެ މުބާރާތުގައި ވާދަކޮށް އިއްޔެ ރާއްޖޭގެ ގައުމީ ރެކޯޑެއް މުގުރާލި ހަނާން ހުސައިންގެ ކުޅިވަރުގެ ވާހަކަ ފަށަން ޖެހޭނީ އޭނާގެ ބައްޕަ، ކުރީގެ އެއް ވަަނަ މެރެތަން ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން) އާ ހަމައިންނެވެ.
ރާއްޖޭގެ އެތުލެޓިކްސްގެ ޒަމާންވީ މެރަތަން ރެކޯޑް 2016 ވަނަ އަހަރާ ހަމައަށް 28 އަހަރު ވަންދެން ދެމެހެއްޓި ހުސެން ގައުމީ ފުރަތަމަ ރެކޯޑް ހެދީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ.
ތައިލެންޑްގެ މުބާރާތުގެ ލޯންގް ކޯސްގެ ބަޓަފްލައިސްޓްރޯކްގެ އިވެންޓްގެ 100 މީޓަރު ގައުމީ ރެކޯޑް ދަރިފުޅު ހަނާން މުގުރާލީ އުމުރުން 14 އަހަރުގަ އެވެ. ހަނާން ރެކޯޑް މުގުރާލީ 1 މިނެޓާއި 18.51 ސިކުންތުންނެވެ. ކުރިން އެ ރެކޯޑް އޮންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރެކޯޑް ހެދި މެރާލް އައިން ލަތީފް އަތުގަ އެވެ. މިރާލް އޭރު ރެކޯޑް ހެދީ 1 މިނެޓު 20.80 ސިކުންތުންނެވެ.
އޮލިމްޕިކްސްގައި ދެ ފަހަރަށް ވާދަ ކުރި ހުސެން ބުނީ އޭނާގެ ކުޅިވަރު ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ އޭނާގެ ދަރިންނަށް ކިޔައިދޭ ކަމަށެވެ.
"އަޅުގަނޑުގެ ވާހަކަ އެ ކުދިންނަށް މާ ބޮޑަށް ވެސް ހިތްވަރަކަށް ވާނެ،" ހުސެން ބުންޏެވެ.
ހަނާންގެ ރެކޯޑްގެ ތަފްސީލު --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ތައިލެންޑްގެ ބޯޑިން ސްކޫލެއްގައި ކިޔަވަމުން ފެތުމުގެ ޓްރެއިނިން ހަދަމުން އަންނަ ހަނާން މީގެ ކުރިން އެތުލެޓިކްސް އިވެންޓްތަކުގައި ވެސް ވާދަ ކުރި އެވެ. ހުސެން ބުނި ގޮތުގައި އުމުރުން ފަސް އަހަރުގައި ފަތަން ފެށި ހަނާން ފުރަތަމަ މަރުހަލާގައި ފެތުމާއި އެތުލެޓިކްސްގައި އެކުއެކީގައި ބައިވެރިވަމުން ދިޔަ އެވެ.
ދުވުމުގެ ރޭސްތަކުގައި ވަނަތައް ވެސް ހޯދި އެވެ. މިޑްނައިޓް ރަންގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް 2017 ގައި ތިން ވަނަ ހޯދި ހަނާންގެ ޝައުގުވެރިކަން ސްވިމިން އަށް މާ ބޮޑަށް ހުރިކަން ފާހަގަ ކުރެވުނު ހިސާބުން ފެތުމުގެ ޓްރޭނިންތަކަށް އިސްކަން ދޭން ނިންމީ ކަމަށް ހުސެން ބުންޏެވެ.
"ދެން އުމުރުން ހަތް އަހަރުގައި އަޅުގަނޑުމެން ހަނާން އަނެއްކާ ވެސް ގެންދިޔައީ ފެތުމުގެ ޓްރެއިނިންތަކަށް ލައިފްގާޑް އެކަޑަމީ އަށް" 2018 ގެ ދިރާގު ރޯޑް ރޭހުގެ 13 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ތިން ވަނަ ވެސް ހޯދި ހަނާން އާ ބެހޭގޮތުން ހުސެން ބުންޏެވެ.
މިއަހަރު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ހަނާން ފަތަން ތައްޔާރުވެގެން: އެއީ އޭނާގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް
ރާއްޖޭގެ ފުރަތަމަ އޮލިމްޕިކްސް ޓީމު ލީޑް ކުރި ހުސެން ބުނީ ހަނާންގެ އުއްމީދަކީ އޭނާ ގޮތަށް އޮލިމްޕިކްސް ގޭމްސްގައި ވާދަކުރުން ކަމަށެވެ. އެ ޓާގެޓް ހާސިލު ކުރުމަށް ހަނާންގެ ޓްރެއިނިން އެހެން ހަރުފަތަކަަށް ގެންދަން ޖެހޭކަން ގަބޫލު ކުރެވުނު ކަމަށް ހުސެން ބުންޏެވެ. އެހެންވެ ހަނާން ބޯޑިން ސްކޫލަކަށް ފޮނުވަން އޭނާ ނިންމީ އެ ހިސާބުންނެވެ. ތައިލެންޑްގެ ޕުކެޓްގައި ހުންނަ ބްރިޓީޝް އިންޓަނޭޝަނަލް ސްކޫލުން ޓްރެއިނިންއާ އެކު ޕާޝިއަލް ސްކޮލާޝިޕްގެ ފުރުސަތު އޭރު އޮތީ އިއުލާންކޮށްފަ އެވެ.
"މާޗުގައި އަޅުގަނޑު އެ ސްކޫލަށް ލިޔުނީ ޕާޝިއަލް ސްކޮލާޝިޕްގެ ފުރުސަތު އެ ސްކޫލްގައި އޮތްކަން އެނގިގެން. ދެން ހަނާން އަށް ފުރުސަތު ލިބުނީ ޕާޝިއަލް ސްކޮލާޝިޕްގެ ދަށުން ޓިއުޝަން ފީގެ 25 ޕަސެންޓް އަދި ބޯޑިން ފީގެ 30 ޕަސެންޓް ދައްކަން ނުޖެހޭ ގޮތަށް،" ހުސެން ބުންޏެވެ.
އެކަމަކު ސްކޮލާޝިޕްގެ ބާކީ ހަރަދުތައް ހަމަޖައްސަން ކޮންމެ މަހަކު 40،000 ރުފިޔާ ހޯދަން އޭނާ އަށް ޖެހެ އެވެ.
"އެ ފައިސާ ހޯދަން އަޅުގަނޑުގެ ތިން އެޕާޓްމެންޓްގެ ކުލީގެ ފައިސާ އެކަމަށް ހޭދަ ކުރަން ނިންމީ. އަޅުގަނޑު ބޭނުމަކީ ހަނާންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުން،" ހުސެން ބުންޏެވެ.
އެ ސްކޫލްގައި ގާތްގަނޑަކަށް ތިން މަސް ހޭދަ ކުރި ހަނާންގެ ހުނަރު ތަރައްގީވަމުން ދިޔަ އެވެ. އެކަމަކު އޭގެ ކުރިން ރާއްޖޭގައި އޭނާ އަށް ކޯޗުކޮށް ދިން ކޯޗުންގެ މަސައްކަތް ވެސް ހަނާންގެ ކުރިއެރުމުގައި ހިއްސާވާނެކަން ހުސެން ފާހަގަކުރި އެވެ.
ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް
ހަމްނާ ނުވަ އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
ވޯލްޑް ޗެމްޕިއަންޝިޕްގައި ހަމްނާ އަށް ހާއްސަ ރެކޯޑެއް
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރިހާން، ތަޒުކީ އަދި އަޔާނާ އަށް ހުއްޓުމެއް ނެތް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ހަތަރު ފެތުންތެރިން 16 ރެކޯޑް އާކޮށްފި