މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި، އެކަމުގެ ތުހުމަތުކުރެވޭ އަލީ ސާހިލްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
28 ޑިސެމްބަރ 2022
މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި، އެކަމުގެ ތުހުމަތުކުރެވޭ އަލީ ސާހިލްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ، ޒުވާން ސްކޭޓަރު ސާހިލް، 23 އެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ ޝިއާއު މަރާލި މައްސަލައިގައި ފ. ނިލަންދޫ، ފިނިފެންމާގެ، ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އާއްމުކޮށްފައިވަނީ ތިން ދައުވާއެކެވެ. އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
އާއިލާއަށް އިހުތިރާމް ކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ނުދެ އެވެ.
ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ތަހުގީގު ނުނިމި ލަސްވަނީ ސާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ "މޯޓިވް" ނުވަތަ ސަބަބު ނުހޯދިގެން ކަމަށެވެ.
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މޯޓިވް ނުހޯދޭތީ ޝިއާއުގެ މަރުގެ ތަހުގީގު އަދި ނުނިމޭ
ޝިއާއުގެ މަރުގެ ތަހުގީގު އެންމެ ފަހު މަރުހަލާގައި
ޝިއާއުގެ މަރު: ތަހުގީގުގެ މުއްދަތު ދަނީ އިތުރުކުރަމުން
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
މުޒާހަރާކުރި ޓެކްސީ ޑްރައިވަރުންނަށް ދައުވާކޮށްފި
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
"ވާނުވާގައި" އަދިވެސް އޮތީ ވާހަކަ، ނެތީ ހައްލެއް!
ސާހިލްގެ ތަހުގީގު ބަޔާން ބަލައިގަތުމަށް ނިންމައިފި
ފުވައްމުލަކު ޑްރަގްކޭސް:ތަހުގީގު ފުރިހަމަކުރަން އެދިއްޖެ
ފެޑެކްސް އިން ޑްރަގު ގެނައި މީހަކު އުމުރަށް ޖަލަށް