Roadha Mihaaru
ޓީއެމްއޭގެ ޗެކިން ސިސްޓަމް މައްސަލަ ޖެހިއްޖެ

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް މައްސަލަޖެހި ގެސްޓުން އެއާޕޯޓްގައި ތާށިވެއްޖެ

31 ޑިސެމްބަރ 2022

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ ގެސްޓުންނަށް ނުފުރި އެއާޕޯޓްގައި މިއަދު ތާށިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓީއެމްއޭގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ގިނަ އަދަދެއްގެ ގެސްޓުންނަށް ނުފުރި އެއާޕޯޓްގައި މިއަދު ތާށިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ އެއާލައިނުގެ ޗެކިން ސިސްޓަމަށް މިއަދު ހެނދުނުން ފެށިގެން މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެހެންވެ ފަސިންޖަރުންނަށް ޗެކިން ވުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ފްލައިޓްތައް ޑިލެވޭފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުފުރި ތިބި ފަސިންޖަރުން ފުރުވާލުމަށް ރިސޯޓްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޗެކިން ސިސްޓަމަށް މައްސަލަ ދިމާވިޔަސް، މެނުއަލްކޮށް އެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ އެއާލައިންގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓުމަކަށް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެއާޕޯޓްގައި ތަށީވި ގެސްޓުން ރިސޯޓުތަކަށް ގެންދަން އެހެން އިންތިޒާމެއް ހަމަޖެއްސުމަށް ޓީއެމްއޭ އިން ރިސޯޓުތަކަށް ވަނީ އަންގައިފަ އެވެ. އެގޮތަށް އެންގީ އެ އެއާލައިންގެ ޗެކިން ސިސްޓަމަށް ދިން "މެލްވެއާ އެޓޭކެއް"ގެ ސަބަބުން ފްލައިޓައް ޑިލޭވާތީ ކަމަށް ބުނެފައިވެ އެވެ.

ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުނަށް ރިސޯޓުތަކަށް ދަނީ ޓީއެމްއޭގެ ސީޕްލޭންތަކުގަ އެވެ.

އާ އަހަރާ ދިމާކޮށް މި ދުވަސްވަރު ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.