Roadha Mihaaru
ކަނޑުމަތިން މީހެއްގެ ހަށިގަނޑު ފެނިއްޖެ

ކަނޑުމަތިން މީހެއް ހަށިގަނޑު ފެނިއްޖެ

02 ޖެނުއަރީ 2023

ވ. އަތޮޅުގެ ފަޅެއް ކައިރިން މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވ. އަތޮޅުގެ ފަޅެއް ކައިރިން މީހެއްގެ ހަށިގަނޑު މިއަދު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހަށިގަނޑު ފެނުނީ އެ އަތޮޅު ވެންފަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުންނެވެ. އެކަން ބަޔަކު ރިޕޯޓްކުރީ ނުވައެއް ޖެހިއިރު ކަަމަށް ފުލުހުން ބުންޏެވެ.

އެ ހަށިގަނޑު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެެސް ފުލުހުން ބުންޏެވެ.

ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ އިރު، ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުން ވަނީ ގެއްލިފަ އެވެ. އެ މީހުން ދަތުރު ކުރި ބޯޓު އިއްޔެ ފެނުނު ނަމަވެސް ދެ މީހުން އަދި ނުފެނެ އެވެ.

ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް 45 އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން 35، އެވެ.