ހަށި ވިއްކުމާއި އިންސާނީ ވަގު ވިޔަފާރީގެ ހަރަކާތްތައް ހުއްޓުވަން މިދިޔަ އަހަރު 25 އޮޕަރޭޝަނެއް ހިންގައި، 32 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފި އެވެ.
05 ޖެނުއަރީ 2023
ހަށި ވިއްކުމާއި އިންސާނީ ވަގު ވިޔަފާރީގެ ހަރަކާތްތައް ހުއްޓުވަން މިދިޔަ އަހަރު 25 އޮޕަރޭޝަނެއް ހިންގައި، 32 މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންގެ ތެރެއިން 14 އޮޕަރޭޝަނެއް ހިންގީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަށް ބިނާކޮށެވެ. އަދި ބާކީ 11 އޮޕަރޭޝަނަކީ އިމިގްރޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންތަކުން ހައްޔަރުކުރި 32 މީހުންގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 26 ބިދޭސީންނެވެ. އަދި ކުރީ އަހަރުތަކުގައި ހައްޔަރު ކޮށްފައިވާ މީހުން ވެސް ހިމެނޭ ގޮތުން 28 ބިދޭސީއަކު މިދިޔަ އަހަރު މިފަދަ މައްސަލަތަކުގައި ޑީޕޯޓްކުރި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ހަށި ވިއްކުމާއި އިންސާނީ ވަގު ވިޔަފާރީގެ 11 މައްސަލައެއް މިދިޔަ އަހަރު ތަހުގީގުކުރި އެވެ. އަދި ހަ މައްސަލައެއްގެ ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އިތުރު ދެ މައްސަލައެއްގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ތިން މައްސަލައެއް ފައިލްކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
ހިއުމަން ޓްރެފިކިން: ދުވަސްވީ މީހާއާ ދެކޮޅަށް ހެކި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
ހަށިވިއްކުމުގެ ތުހުމަތުގައި ރަސްދޫން 3 މީހުން ހައްޔަރު
ފޭދޫގެ ސްޕާއަކުން ފަސް މީހުން ހައްޔަރުކޮށްފި
ހަށިވިއްކާ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް
ޖަރީމާ ހިންގި ޓެލެގްރާމް ޗެނަލްގެ އަޑީގައި ދެމަފިރިން
ކްލިނިކުގައި ހަށިވިއްކި މީހުން ބަންދަށް
ކްލިނިކެއްގައި ހަށިވިއްކަނިކޮށް ހައްޔަރުކޮށްފި
ހަށިވިއްކާ ތަނަކުން އަތުލައިގަތް ފައިސާތައް ދޭންޖެހިއްޖެ
ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑެއް ހައްޔަރުކޮށްފި