Roadha Mihaaru
ނީލަން ފިހާރަ ބަދަލުކުރަން ހުއްދައެއް ނުދިން: މުއިއްޒު

ނީލަން ފިހާރަ ބަދަލު ކުރަން ސަރުކާރުން ހުއްދައެއް ނުދިން: މުއިއްޒު

09 ޖެނުއަރީ 2023

ކުރީގެ އެއް ނަމްބަރު ކޮށި ހިމެނޭ ސަރަހައްދުގައި ހިންގާ ނީލަން ފިހާރަ ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވީ ނަމަވެސް އެ ކަމަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބުނު ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ އެއް ނަމްބަރު ކޮށި ހިމެނޭ ސަރަހައްދުގައި ހިންގާ ނީލަން ފިހާރަ ސިނާއީ ސަރަހައްދަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވީ ނަމަވެސް އެ ކަމަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބުނު ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މިއަދު ފަތިހުގެ ވަގުތެއްގައި ނީލަން ފިހާރައިގައި އަލިފާން ރޯވެ، އެ ތަން އަނދައިގެން ދިއުމާ ގުޅިގެން މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.

ނީލަން ފިހާރައާ އެކު، އެ ތަނުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން އުޅޭ އެކޮމޮޑޭޝަން ބްލޮކްގައި ވެސް ވަނީ ރޯވެ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ.

މުއިއްޒު ވިދާޅުވީ، މީހުން ދިރިއުޅޭ ބާރު ބޮޑު ސަރަހައްދުން ނީލަން ފިހާރަ ނަގައި މާލޭގެ ސިނާއީ ސަރަހައްދަށް ބަދަލު ކުރުމަށް ކައުންސިލުން 2021 ވަނަ އަހަރު ނިންމާފައިވާ ކަމަށާއި މިދިޔަ އަހަރު ފަހުކޮޅު ވެސް އެ ނިންމުން ތަންފީޒު ކުރުމަށް މަސައްކަތް ކުރި ކަމަށެވެ.

މާލެ އަދި ކޮންމެ ސިޓީއެއްގައި ވެސް ސެކަންޑް ހޭންޑް މާކެޓެއް އޮންނާނެ. އެއީ އޮންނަ އެއްޗެއް. އެކަން ކުރެވެން ވާނެ. އެކަމަކު މީހުން ތޮއްޖެހިފައި އޮންނަ ތަނަކު ނޫން ކުރާނީ. ރައްޔިތުންނަށް ބޭނުންވާ މި ކަހަލަ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން މުހިންމު،"--- މުއިއްޒު

ސިނާއީ ސަރަހައްދުގައި އެ ކަމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި ވަކިން ރައްކާތެރި ގޮތަކަށް ތަރައްގީ ކުރުމަށް ފަހު، އެ ތަން އެ މީހުންނާ ހަވާލު ކުރަން ރާވާފައިވާ ކަމަށާއި ސަރުކާރުން އެ ބިން ނުދިން ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މާލެ އަދި ކޮންމެ ސިޓީއެއްގައި ވެސް ސެކަންޑް ހޭންޑް މާކެޓެއް އޮންނާނެ. އެއީ އޮންނަ އެއްޗެއް. އެކަން ކުރެވެން ވާނެ. އެކަމަކު މީހުން ތޮއްޖެހިފައި އޮންނަ ތަނަކު ނޫން ކުރާނީ. ރައްޔިތުންނަށް ބޭނުންވާ މި ކަހަލަ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން މުހިންމު،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކޮންމެހެން ހުންނަން ނުޖެހޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަދަދު މިހާރު ގިނަ ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް އިންޑަސްޓްރިއަލް ސަރަހައްދު ބޭނުން ކުރުން މުހިންމު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނީލަން ފިހާރައާ އިންވެގެން ހަދާފައި ހުރި މާލެ ސިޓީ ކައުންސިލްގެ ލޭބަ ކުއާޓަރުގައި ރޯވެ އަނދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ނީލަން ފިހާރައާ އިންވެގެން ހަދާފައި ހުރި މާލެ ސިޓީ ކައުންސިލްގެ ލޭބަ ކުއާޓަރުގައި ރޯވެ އަނދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވިގޮތުގައި، ނީލަން ފިހާރައިގައި ރޯވުމާ ގުޅިގެން މި ވަގުތަށް ދިމާވެފައިވާ މައްސަލައަކީ ކައުންސިލްގެ 200 މުވައްޒަފުން ވަންނާނެ ތަނެއް ނެތުމެވެ. އެކަމަށްޓަކައި ބައެއް މިނިސްޓްރީތަކާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި ގޮތެއް ހަމަނުޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މަގުމަތީގެ މުނިސިޕަލް ބައެއް ހިދުމަތްތަކަށް މިއަދު ލޮޅުން އަރާނެތީ އެކަމާ އަޅުގަނޑު ކަންބޮޑުވޭ. އުންމީދު ކުރަން މީގެ ސަބަބުން މި ލިބޭ ހީނަރުކަން މިއަދަށް އަންޑަސްޓޭންޑް ވާނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ބިދޭސީން އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ބިދޭސީން އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ސިޓީ ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ނީލަން ފިހާރަ ސަރަހައްދު ހުސްކޮށް އެ ތަނުގައި ވިޔަފާރި ނުކުރުމަށް އަންގައިފަ އެވެ. ނަމަވެސް އޭގެ ފަހުން އަލުން އެ ސަރަހައްދުގައި ވިޔަފާރި ކުރަން ފެށީ އެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ސިފައިން މިހާރު ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އެކަމަކު، އެ ސަރަހައްދުން އަދިވެސް ވަރަށް ދުން އަރަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.