ނީލަން ފިހާރައިގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުންގެ ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީ ހަމަޖައްސައިފި އެވެ.
10 ޖެނުއަރީ 2023
ނީލަން ފިހާރައިގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުންގެ ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލޭގައި ކުރިން ހިންގި ކޮވިޑް ފެސިލިޓީ ހަމަޖައްސައިފި އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ، ކޮވިޑްގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ކުރިން ބޭނުންކުރި ކޮވިޑް ވިލެޖު ނުވަތަ ކޮވިޑް ފެސިލިޓީއަކީ ހާލުގައި ޖެހުނު 200 އެއްހާ ބިދޭސީންގެ ވަގުތީ ހިޔަލެެއްގެ ގޮތުގައި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
"މިރޭ 10 ޖަހާކަންހާއިރު އެ ތަން ހަމަޖެހުނުކަން އަޅުގަނޑުމެންނަށް އެންގީ. މިހާރު ޑިޒާސްޓާ ސެންޓަރުން ގޮދަޑިތަކާ އެއްޗެހި ލިބިއްޖެ. ދެން ސެޓަޕް ހަދާފައި އަޅުގަނޑުމެންގެ މުވައްޒަފުން އެ ތަނަށް ވައްދަންވީ. ގަޑިއެއްހާއިރުގެ ތެރޭގައި އެކަން ވާނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހުންނަ ކޮވިޑް ފެސިލިޓީއަކީ ވަރަށް ފެންވަރު ރަނގަޅުކޮށް ސަރުކާރުން ހަދާފައިވާ ތަނެކެވެ. އެޗްޑީސީން ބުނީ، ފާހާނާކޮށް، ފެން ވެރޭނެ އިންތިޒާމުތައް ވެސް އެ ތަނުގައި ހަމަޖެހިފައިވާނެ ކަމަށެވެ.
މޭޔަރު ވިދާޅުވިގޮތުގައި، ހާލުގައި ޖެހުނު ބިދޭސީން ވައްދާނެ ވަގުތީ ތަނެއް ހޯދަން ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާ ގުޅިގެން އޭނާ ސީދާ މަސައްކަތް ކުރެއްވި އެވެ. އަދި ބައެއް ތަންތަނަށް ވަޑައިގެން ވެސް ބެއްލެވި ކަމަށް ޑރ. މުއިއްޒު ވިދާލުވި އެވެ.
"އަޅުގަނޑުމެން ހެނދުނުއްސުރެ މި އަންނަނީ އެ މުވައްޒަފުންގެ ކަންކަން ވަރަށް ކައިރިން ބަލަމުން. ހަމަ އެ މީހުންނާއެކު އިމާދުއްދީން ސްކޫލުގައި އަޅުގަނޑާއި އެހެން ކައުންސިލަރުން މި ތިބީ. އެ މީހުންގެ ސަޔާއި ކެއުމުގެ ކަންކަން ވެސް އެކި ފަރާތްތަކާ ގުޅައިގެން އަޅުގަނޑުމެން ހަމަޖެއްސިން،" މޭޔަރު ވިދާޅުވި އެވެ.
"އަލިފާން ރޯވިކަން އެނގުމުން އެންމެ ފުރަތަމަ އެ ތަނަށް ދިޔަ އެކަކަށް ވާނީ އަޅުގަނޑު. އޭރުއްސުރެ އެ ސަރަހައްދުގައި ގިނަ ވަގުތު މިއަދު މި ދިޔައީ."
ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔަލެއް ލިބެންދެން ބޭތިއްބީ އިމާދުއްދީން ސްކޫލުގަ އެވެ.
ހާލުގައި ޖެހުނު ބިދޭސީން ރޭ އިމާދުއްދީން ސްކޫލުގެ ގޯތިތެރޭގައި: އެ މީހުން ވަގުތީ ގޮތުން ބަދަލުކުރީ ހުޅުމާލޭގައި ހަދާފައިވާ ކޮވިޑް ފެސިލިޓީ އަށް.
މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ އަށް 200 އެއްހާ މުވައްޒަފުން ބަދަލުކުރުމުން އެ މީހުން އެމްޓީސީސީގެ ބަހުގައި ހިލޭ ދެ ދުވަސް ވަންދެން މާލެ ގެނެސްދޭން މިހާރު އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އޭގެ ފަހުން އެ މީހުން މާލެ ގެންނާނީ ސިޓީ ކައުންސިލްގެ ވެހިކަލެއްގައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވާނެ އެ މީހުން ހުޅުމާލޭގައި ބައިތިއްބައިގެން މަސައްކަތްތައް ރާވަން. އެހެންވެ، ދާއިމީ ތަނެއް ވަރަށް އަވަހަށް ހަމަޖައްސާނަން. އެންމެ ލަަސްވެގެން ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދާއިމީ ތަނެއް އެ މުވައްޒަފުންނަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ ތައިސޭ ކޮށި ކަހަލަ ބިމަކުން ތަނެއް ހަމަޖައްސަން މަސައްކަތް ކުރާނަން."
ވަންނާނެ ތަނެއް ނެތި ގޮތް ހުސްވި ބިދޭސީން މަސައްކަތަށް ނެރޭނީ އެއް ދުވަސް އަރާމު ކުރުމަށް ދިނުމަށް ފަހު ކަމަށް މޭޔަރު ވިދާޅުވި އެވެ.
އަޅުގަނޑުމެން ހެނދުނުއްސުރެ މި އަންނަނީ އެ މުވައްޒަފުންގެ ކަންކަން ވަރަށް ކައިރިން ބަލަމުން. ހަމަ އެ މީހުންނާއެކު އިމާދުއްދީން ސްކޫލުގައި އަޅުގަނޑާއި އެހެން ކައުންސިލަރުން މި ތިބީ. އެ މީހުންގެ ސަޔާއި ކެއުމުގެ ކަންކަން ވެސް އެކި ފަރާތްތަކާ ގުޅައިގެން އަޅުގަނޑުމެން ހަމަޖެއްސިން،" -- މޭޔަރު
ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔަލަކަށް ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މީޑިއާގައި ވިދާޅުވި ނަމަވެސް މޭޔަރު ވިދާޅުވީ، އެ ފަދަ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އެޗްޑީސީން ފަރުކޮޅުފުށި ބަލާފައި ބުނީ އެއީ މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫނޭ މިހާރު. އަޅުގަނޑަކަށް ނޭނގޭ ފަރުކޮޅުފުށި ހަމަޖެހުނު ވާހަކަ އައި ގޮތެއް. ޔަގީނުން ވެސް އަޅުގަނޑުމެން ފަރުކޮޅުފުއްޓަކަށް އެ މުވައްޒަފުން ބަދަލެއް ނުކުރަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިއުވާން ފަހުން މީޑިއާގައި ވިދާޅުވީ، ވަގުތީ ހިޔަލެއްގެ ގޮތުގައި ފަރުކޮޅުފުށި ސަރުކާރުން ހަމަޖެއްސި ފަހުން އެޗްޑީސީން ނިންމީ ކޮވިޑް ފެސިލިޓީ އަށް ބިދޭސީން ބަދަލުކުރަން ކަމަށެވެ.
ނީލަން ފިހާރައިގައި ރޯވެ، ލޭބަ ކުއާޓަރު އަނދައިގެން ދިއުމުން ހާލުގައި ޖެހުނު ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ދެން ހުރީ އިންޑިއާގެ އެންމެ މީހެކެވެ.
ނީލަންފިހާރަ އަލިފާން: 166 މީހަކު ހާލުގައި ޖެހިފައި
ނީލަން ފިހާރަ ދެން އެ ތަނުގައި ނުހިންގޭނެ: މޭޔަރު
ހާލުގައި ޖެހުނު ބިދޭސީންނަށް ފަރުކޮޅުފުށި ހަމަޖައްސައިފި
މުވައްޒަފުން މަގުމަތީ، ކައުންސިލާއި ސަރުކާރު ކޯޅެނީ
ނީލަން ފިހާރަ ބަދަލުކުރަން ހުއްދައެއް ނުދިން: މުއިއްޒު
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ޕާކުތަކަށް ވަންނަ ބިދޭސީންނަށް15-500ރ. ގެ ފީއެއް
ކައުންސިލް މުވައްޒަފުންގެ ބަސް، 3 ކެޓަގަރީއަކަށް ހިލޭ
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް
ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ ތަނެއް ނޫން: މުއިއްޒު