Roadha Mihaaru
ހުޅުމާލޭގައި ވޭނަކުން ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ވޭނަކުން ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

11 ޖެނުއަރީ 2023

ހުޅުމާލޭގައި ވޭނަކުން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލައިގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި ވޭނަކުން ބަނގުރާ ފުޅިތަކެއް ފެނުނު މައްސަލައިގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދުއްވާފައި ދިޔަ ވޭނަކާ މެދު ޝައްކު ކުރެވިގެން އެ ވޭން ބަލައި ފާސްކުރިއިރު ބަނގުރާ ފުޅިތަކަކާއި ދަޅުތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ، ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އާރުސީސީގެ ވެހިކަލަކުން ބަނގުރާ ފުޅިތަކެއް އަތުލާ ތަނެވެ. އެ ކުންފުންޏަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެވެ.

އެކަމާ ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަން ޕޮލިހަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. ކުންފުނީގެ މުވައްޒަފަކު އަދި އެނޫން މީހަކު ވެސް ގާނޫނާ ހިލާފަށް ކުރާ އެފަދަ އަމަލެއް ބަލައި ނުގަންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.