Roadha Mihaaru

ބްރެޒިލްގައި ބަގާވާތެއްގެ ބިރު؛ ކުރީގެ ރައީސަށް ވަފާތެރި ސިފައިންނާއި ފުލުހުން ވަކިކުރަނީ

ބްރަސަލިއާ (ޖެނުއަރީ 13) - ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ އަށް ވަފާތެރި ސިފައިންނާއި ފުލުހުން ދެނެގަނެ ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް، ތިންވަނަ ދައުރަކަށް ބްރެޒިލްގެ ރައީސްކަމަށް މި މަހު ވަޑައިގެންނެވި ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އިއުލާންކުރައްވައިފި އެވެ.

ބްރެޒިލްގައި ބަގާވާތެއްގެ ބިރު؛ ސިފައިން ވަކިކުރަނީ

ބްރަސަލިއާ (ޖެނުއަރީ 13) - ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ އަށް ވަފާތެރި ސިފައިންނާއި ފުލުހުން ދެނެގަނެ ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް، ތިންވަނަ ދައުރަކަށް ބްރެޒިލްގެ ރައީސްކަމަށް މި މަހު ވަޑައިގެންނެވި ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އިއުލާންކުރައްވައިފި އެވެ.

ކުރީގެ ސަރުކާރަށް ވަފާތެރި ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކިކުރާނެ ކަމަށް ލޫލާ ވިދާޅުވީ، ބޮލްސޮނާރޯ ސަޕޯޓަރުން ކުރަމުންދާ މުޒަހަރާތަކުގައި ބަގާވާތެއް ގެނައުމަށް ސިފައިންނާއި ފުލުހުންނަށް ގޮވާލަމުން ދާތީ އެވެ. މިދިޔަ އާދިއްތަ ދުވަހު ބޮލްސޮނާރޯގެ ސަޕޯޓަރުންތަކެއް އެ ގައުމުގެ ރިޔާސީ ގަނޑުވަރާއި ސުޕްރީމް ކޯޓް އަދި މަޖިލީހަށް ވަދެ ހަމަނުޖެހުން ހިންގި އެވެ.

އެކަން ހިނގައި ދިޔައިރު ކަންކަން ހުއްޓުވަން ސަލާމަތީ ބާރުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވުމުން ލޫލާ އާއި އޭނާގެ ސަރުކާރުގެ ސީނިއާ އޮފިޝަލުން ދެކެވަޑައިގަތީ އެކަން ހިނގަން ދޫކޮށްލައިގެން ތިބީ ބޮލްސޮނާރޯ އަށް ވަފާތެރި ސިފައިންނާއި ފުލުހުން ކަމަށެވެ.

ލޫލާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެކަން ދޫކޮށްލައިގެން ތިބީ ސީދާ ކޮން ބައެއްކަން ދެނެގަތުމުގައި އުނދަގޫތަކެއް ހުރި ނަމަވެސް އެކަން އަތުން ދޫވެގެން ދިޔަ ގޮތް ބަލަން ތަހުގީގެއް މިހާރު ހިނގަމުންދާ ކަމަށެވެ.

"އަސްކަރީ ފުލުހުންގެ ތެރޭގައި މިކަމުގައި ބައިވެރިވި ވަރަށް ގިނަ ބަޔަކު ތިބި. ހަތިޔާރު އެޅި ސިފައިންގެ ތެރެއިން ބައިވެރިވި އެތައް ބަޔަކު ތިބި،" ނޫސް ކޮންފަރެންސްގައި ލޫލާ ވިދާޅުވި އެވެ.

""އަޅުގަނޑަށް ޔަގީން ރިޔާސީ ގަނޑުވަރުގެ ދޮރު ހުޅުވާލީ މި މީހުންނަށް [ބޮލްސޮނާރޯގެ ސަޕޯޓަރުންނަށް] ވަދެވޭ ގޮތަށް. ދޮރު ފަޅައިގެން ދިޔަތަން އަޅުގަނޑު ނުދެކެން."

އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ބޮލްސޮނާރޯ އާ ވާދަކޮށް ތިންވަނަ ދައުރަކަށް. ލޫލާ އިންތިހާބު ވެވަޑައިގެންނެވީ ވޯޓް ގަޑުބަޑުކޮށްގެން ކަމަށް ބުނެ ވޯޓް ބާތިލުކުރުމަށް އަސްކަރިއްޔާ އަށް ގޮވާލައި ބޮލްސޮނާރޯގެ ސަޕޯޓަރުން ސިފައިންގެ މައި މަރުކަޒުގެ ބޭރުގައި ދެ މަސް ވަންދެން މުޒާހަރާ ކުރި އިރު ވެސް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ލޫލާ ވަނީ ސިފައިންނަށް ވެސް ފާޑުކިުޔުންތައް އަމާޒުކޮށްފަ އެވެ.

މި މަހު އެއްވަނަ ދުވަހު ރައީސް ކަމާ ތިންވަނަ ދައުރަކަށް ހަވާލުވި ލޫލާގެ ސަރުކާރާ ދެކޮޅަށް ބްރެޒިލްގެ އެކި ހިސާބުތަކުގައި ބޮލްސޮނާރޯ ސަޕޯޓަރުން އަދިވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ.