Roadha Mihaaru

ބްރެޒިލްގެ ރައީސްކަމަށް ލޫލާ ދަ ސިލްވް

ބްރެޒިލްގެ ރައީސް ކަމުގެ މަގާމަށް، ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ، ވާތު ފިޔަވައިގެ މަސައްކަތްތެރިންގެ ޕާޓީގެ ކެންޑިޑޭޓް، ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް އިއްޔެ އިންތިޚާބުވެވަޑައިގެންފި އެވެ.

ލޫލާ އެ މަގާމަށް މި އިންތިޚާބުވެވަޑައިގަތީ، އިއްޔެ އޮތް ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގެ ވޯޓުލުމުގައި އޭނާއާ ވާދަ ކުރެއްވި މިހާރުގެ ރައީސް ޖާއީރް ބޮލްސޮނާރޯގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. މި މަހުގެ 2 ވަނަ ދުވަހު އޮތް ރިއާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގައި، ރައީސްކަމުގެ މަގާމަށް 11 ބޭފުޅުން ވާދަކުރެއްވި އެވެ.

ބްރެޒިލްގެ ރިއާސީ އިންތިޚާބުގައި ކުރި ހޯއްދަވައި، ޖެނުއަރީ 1، 2023 ން ފެށިގެން އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް، އެ ގައުމުގެ ލެފްޓިސްޓް ވޯކާސް ޕާޓީގެ ކެންޑިޑޭޓް، ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް، އިންތިޚާބުވުމާ ގުޅިގެން އޭނާގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ. --އޭއެފްޕީ

ފުރަތަމަ ބުރުގައި އެއްވެސް ބޭފުޅަކަށް، ވޯޓުގެ 50 ޕަސެންޓް ލިބިވަޑައިނުގަތުމުން، އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެ ވަނަ ބުރެއްގެ ވޯޓުލުން ބޭއްވީ އިއްޔެ އެވެ. މިހާތަނަށް ސާފުކުރެވުނު ވޯޓުގެ ނަތީޖާއަށް ބަލާއިރު، މިހާރުގެ ރައީސް ބޮލްސޮނާރޯ އަށް ލިބިވަޑައިގަތީ 49.1 ޕަސެންޓް ވޯޓެވެ.

މީގެ ކުރިން ޖެނުއަރީ 1، 2003 ން ޑިސެމްބަރު 31، 2010 އަށް ބްރެޒިލްގެ ރައީސްކަން ކުރެއްވި ލޫލާ ދަ ސިލްވް، އިއްޔެގެ އިންތިޚާބުގައި 50.9 ޕަސެންޓް ވޯޓު މިހާތަނަށް ވަނީ ކަށަވަރު ކުރައްވައިފަ އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ މިހާތަނަށް އިއުލާން ނުކުރި ނަމަވެސް، މިހާރުގެ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާއާ ދެމެދު މާ ބޮޑު ފަރަގެއް ހުންނާނެ ކަމަކަށް ނުބެލެވެ އެވެ.

ބްރެޒިލްގެ ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެ ގައުމުގެ ލެފްޓިސްޓް ވޯކާސް ޕާޓީގެ ކެންޑިޑޭޓް، ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް، ވޯޓު ލެއްވުމަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

ބްރެޒިލްގެ ރިއާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެ ގައުމުގެ ލެފްޓިސްޓް ވޯކާސް ޕާޓީގެ ކެންޑިޑޭޓް، ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް، ވޯޓު ލެއްވުމަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --އޭއެފްޕީ

އުމުރުން 76 އަހަރު ލޫލާ އަށް އިންތިޚާބު ކާމިޔާބުވިކަން ޔަގީންވުމާއެކު، ވެރިރަށް ރިއޯ ޑި ޖެނެއިރޯގައި އޭނާގެ ސަޕޯޓަރުން ރޭގައި ބޮޑު އެއްވުމެއް ބާއްވައި އުފާ ފާޅުކުރި އެވެ. އޭނާ އަށް ބްރެޒިލްގެ ރިއާސީ އިންތިޚާބު މި ކާމިޔާބު ކުރެވުނީ، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްގައި، 580 ދުވަހު ޖަލުގައި ހުންނެވުމަށް ފަހު އެވެ.

އޭނާ އަށް ރިއާސީ އިންތިޚާބުގައި ވާދަކުރެއްވުނީ، އޭނާގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމް، އެ ގައުމުގެ ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ.

ބްރެޒިލްގެ ރިއާސީ އިންތިޚާބުގައި ކުރި ހޯއްދަވައި، ޖެނުއަރީ 1، 2023 ން ފެށިގެން އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ، ލެފްޓިސްޓް ވޯކާސް ޕާޓީގެ ކެންޑިޑޭޓް، ލުއިސް އިނާޝިއޯ ލޫލާ ދަ ސިލްވް، އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމާއެކު، އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކެވުމަށް ބޭއްވި އެއްވުމުގައި އަނބަިކަނބަލުން ރޮޒަންގޭލާ އަށް ބޮސްދެއްވަނީ. --އޭއެފްޕީ

"އެމީހުން މަސައްކަތް ކުރީ އަހަރެން ދިރި ހުއްޓައި ވަޅުލަން. ނަމަވެސް އަހަރެން މިހުރީ މިތަނަށް އައިސް. ޖެނުއަރީ 1، 2023 ން ފެށިގެން، އަހަރެން ވެރިކަން ކޮށްދޭނީ ބްރެޒިލްގެ 215 މިލިއަން މީހުންނަށް. ހަމައެކަނި އަހަރެންނަށް ވޯޓު ދިން މީހުންނަކަށް ނޫން،" ލޫލާ ވިދާޅުވި އެވެ.

"ދެ ބްރެޒިލްއެއް ނޯންނާނެ. މިއީ އެއް ގައުމެއް، އެއް ރައްޔިތުންތަކެއް. މިއީ މަތިވެރި ގައުމެއް."

ސިޔާސީ ގޮތުން ވެސް ލޮޅުންތަކެއް އަރަމުންދާ މި ދަނޑިވަޅުގައި ބްރެޒިލްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު، ލޫލާ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު މައްސަލައަކަށް އޮންނާނީ، އިގްތިސާދީ މައްސަލަތަކެވެ. އާދަޔާ ޚިލާފަށް ކޮވިޑް-19 ފެތުރުމުގެ ސަބަބުން 2020 ން 2021 އާ ދެމެދު އެ ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، 9.6 މިލިއަން މީހުން ފަގީރު ހާލަތަށް ވެއްޓުނެވެ.

ލޫލާ، މިފަހަރުގެ ރިއާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، މީގެ ކުރިން އޭނާ ވެރިކަން ކުރެއްވި ދެ ދައުރުގައިވެސް، އޭނާގެ ސަރުކާރާ އެންމެ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ރުހުން ވެސް ހޯއްދަވައިގެންނެވެ. އޭގެ ތެރޭގައި ސޯޝަލިސްޓް ޑިމޮކްރެޓިކް ޕާޓީ އާއި ބްރެޒީލިއަން ސޯޝަލިސްޓް ޕާޓީ ވެސް ހިމެނެ އެވެ. އޭނާގެ ނައިބު ރައީސްގެ މަގާމަށް ވެސް އިޚްތިޔާރު ކުރައްވާފައިވަނީ ބްރެޒީލިއަން ސޯޝަލިސްޓް ޕާޓީގެ ލީޑަރު އަދި ސައޮ ޕައޯލޯގެ ކުރީގެ ގަވަރުނަރު ގެރާލްޑޯ އަލްކްމީން އެވެ.