Roadha Mihaaru
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު

އައްޑޫގެ ރައްޔިތުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ: ނިޒާރު

13 ޖެނުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫގެ މީހުން ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ

އަހުމަދު ހަމްދޫން ސ. ފޭދޫން އަހުމަދު ހަމްދޫން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އައްޑޫގެ މީހުން ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ފޭދޫގައި ބޭއްވި ޖަލްސާގައި މޭޔަރު ވިދާޅުވީ، އައްޑޫގެ މީހުން އެދުނު ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވަން ރައީސަށް ވޯޓު ދޭންޖެހޭ ކަމަށެވެ.

"އެއީ އެ ކަން ކުރަން ޖެހޭ ގޮތް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރެވެނީ އެ ޕާޓީ ވެރިކަމަށް އައުމުން ކަމަށާއި އެހެންވެ އެ ކަން ކުރުމަށް މެމްބަރުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ބަލާއިރު، އެންމެންގެ ތާއީދާއެކު، މި އަހަރުގެ އޮގަސްޓް މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ގެންނެވެން ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދީގެން ކަން ޝައްކު ކުރާނެ އެކަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެހާސް ތޭރައިގައި އަޅުގަނޑުމެން ނުކުމެ އެއްބުރުން ކުރި މަސައްކަތަށް ވުރެ ވަކި ބުރަ މަސައްކަތެއް އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން ނުކުރޭ. އެހެން ނަމަވެސް އެ މަސައްކަތް އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނަށް ތަކުރާރު ކުރެވިދާނެތޯ. އެ ގޮތަށް އެ ރޫހުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެތޯ،" ނިޒާރު ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވީ ހާލަތު ބަދަލުވެއްޖެ ކަމަށެވެ. އެ ގޮތަށް ދެން މަސައްކަތް ކުރެވިދާނެތޯ މޭޔަރު ސުވާލު އުފެއްދެވި އެވެ.

ރައީސްގެ ރިއެކްޝަން އައްޑުއާ މެދު ރަނގަޅު

ނިޒާރު ވިދާޅުވީ، އައްޑޫގެ ކަންކަމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިއެކްޓް ކުރެއްވީ އާދައިގެ ގޮތަކަށް ނޫން ކަމަށެވެ.

އައްޑޫގެ ކަންކަމާ އެންމެ ގާތުން މުއާމަލާތު ކުރަން ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން މޭޔަރު ވިދާޅުވީ، އައްޑޫގެ މުސްތަގުބަލު ރަނގަޅު ވާނީ އައްޑޫގެ މީހުންގެ ސިޔާސަތާއެކު ކަންކަން ކޮށްދޭނެ ވެރިކަމެއް ގެނެސްގެން ކަމަށެވެ.

"މިހާރު މި ހަރަދު ކުރެވިގެން ކުރެވޭ މަސައްކަތުގެ ހެޔޮ ރަހަ އަޅުގަނޑުމެންނަށް ލިބިގެން ދާނީ އަޅުގަނޑުމެންގެ ވެރިކަމެއް ދެވަނަ ދައުރަކަށް ގެންދެވިގެން. އެ ކަން ކުރެވެން އޮތީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނެވިގެން،" މޭޔަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ފޭދޫގައި ބޭއްވި ހަފުލާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ފޭދޫގައި ބޭއްވި ހަފުލާ

އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު އައްޑޫ އޮތީ "ސުމެއްގައި" ކަމަށެވެ. ތަރައްގީ އަށް ކުރި އެއްވެސް ކަމެއް ނެތެވެ.

"ހަލާކު ކުރެވުނު ތަނެއް ހަލާކު ކުރެވުނީ. ވީ ވައުދެއް ވިއްޔާ މިދޔަ ފަސް އަހަރު ނިމިގެން ދިޔައިރު އެއްވެސް ކަމެއް ކުރެވިފައެއް ނެތް. އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން ޕްރައިމަރީގައި ނިންމާ ނިންމުމާއެކު އިދިކޮޅު ޕާޓީ ވެރިކަމަށް ގެނައުމަށް މަގުފަހިކޮށް އެބަދެވޭ. އެ ކަން ނުކޮށް، ނިންމަންވީ ހިކުމަތްތެރިކަމާއެކު،" ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މީދޫގެ ހާބަރު ނިމިއްޖެ. ހުޅުދޫގެ ހާބަރު ނިމިއްޖެ. މަރަދޫގެ ހާބަރު ނިމިއްޖެ. ހިތަދޫގެ ހާބަރުގެ 80 ޕަސެންޓް ނިމިއްޖެ. އަދި މި ފޭދޫގެ ބަނދަރުގެ އެކްސްޓެންޝަންގެ ސިޓީ އަޅުގަނޑުގެ އަތުގައި އެބައިން. އަޅުގަނޑު ލިޔެފައި ފޮނުވީމާ މަސައްކަތް ފެށޭނެ."--- ނިޒާރު

އޭނާ ވިދާޅުވިގޮތުގައި ޕްރައިމަރީގެ ކެމްޕެއިންގައި ޒާތީ އެއްވެސް ކަމެއް ނެތެވެ. އެކަމަކު، އެ ޕްރައިމަރީގައި ނިންމާ ނިންމުމަކީ އައްޑޫގެ ތަރައްގީއަށްޓަކައި ނިންމާ ނިންމުމަކަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ތަރައްގީގެ ކަމެއް ނުހިނގާ އެއްވެސް ތަންކޮޅެއް ނެތް

މޭޔަރު ވިދާޅުވީ، އައްޑޫގައި ތަރައްގީގެ ކަމެއް ނުހިނގާ އެއްވެސް ތަންކޮޅެއް މިހާރު ނެތް ކަމަށެވެ. އައްޑޫގެ މީހުން ލިޔެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 2018 ގައި އެރުވި މެނިފެސްޓޯ ފުރިހަމަ ކުރައްވަން އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެއްވެސް ކަމެއް އުނިކުރެއްވުމެއް ނެތި ކަމަށް ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އައްޑޫގައި 100 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ފަށައި ހުރިހާ ރަށެއްގައި އެ ޕްރޮޖެކްޓް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދާނީ އައްޑޫ ސިޓީގެ މަގުތައް ފުރިހަމަ ކުރުމަށް،" މޭޔަރު ވިދާޅުވި އެވެ.

އައްޑު އަށް އިތުރު 198 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ކުރިން މަހާޖައްރާފާ ގެނެސް ވެލި އެޅުމުގެ މަސައްކަތް ފަށާނެ ކަަމށް އޭނާ ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދު، އަޅުގަނޑުމެންގެ ހުށަހެޅުމާއެކު ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި ބަޔަކާއެކު އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި ސޮއިކުރެވިގެން ދާނެ،" މޭޔަރު ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ މީދޫގެ ހާބަރު ނިމިއްޖެ. ހުޅުދޫގެ ހާބަރު ނިމިއްޖެ. މަރަދޫގެ ހާބަރު ނިމިއްޖެ. ހިތަދޫގެ ހާބަރުގެ 80 ޕަސެންޓް ނިމިއްޖެ. އަދި މި ފޭދޫގެ ބަނދަރުގެ އެކްސްޓެންޝަންގެ ސިޓީ އަޅުގަނޑުގެ އަތުގައި އެބައިން. އަޅުގަނޑު ލިޔެފައި ފޮނުވީމާ މަސައްކަތް ފެށޭނެ."

އަންނަނީ ތަރައްގީގެ އުނދަގުލުގެ ކޯލްތައް

އައްޑޫގެ ތަރައްގީގެ ކަންކަން ކުރިއަށް ދާ ސްޕީޑް ދައްކަވަން މޭޔަރު ޖެއްސެވި މިސާލަކީ މަސައްކަތްތައް ގިނަކަމުން އަންނަ "އުނަދަގުލުގެ" ކޯލްތަކެވެ.

"އަޅުގަނޑަށް އަންނަނީ ކޮންމެވެސް ގެ އަކަށް މަގު ހަދާތީ ނުވަދެވިގެން. ކޮންމެވެސް އެ ކަހަލަ އުނދަގުލަކާ ހެދީ ނޫން ކޯލެއް އަޅުގަނޑަކަށް ނާދޭ. ދަންނަވަން މި އުޅެނީ ތަރައްގީގެ މަސައްކަތް ނުހިނގާ އެއްވެސް ތަންކޮޅެއް އައްޑޫ ސިޓީގައި ނެތް ކަން،" ނިޒާރު ވިދާޅުވި އެވެ.

މޭޔަރު އެ އިޝާރާތް ކުރެއްވީ އައްޑޫގެ ރަށްރަށުގެ މަގުތައް ހަދާތީ ގޭގެ އަށް ވަންނަން އުނދަގޫ ވެގެން އެ ކަމުގެ ޝަކުވާ ކުރާ ވާހަކަ އަށެވެ.