ނޭޕާލުގައި 72 މީހުންނާ އެކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި، މިހާތަނަށް މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި އެވެ.
ނޭޕާލުގައި 72 މީހުންނާ އެކު ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި، މިހާތަނަށް މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި އެވެ.
ނޭޕާލުގެ މެދުތެރޭ އޮންނަ އެއާޕޯޓެއްގެ ކައިރިއަށް ވެއްޓުނީ ވެރިރަށް ކަތުމަންޑޫން ފުރައިގެން، ޓޫރިސްޓުން އާންމުކޮށް ޒިޔާރަތްކުރާ ޕޮކާރާ އަވަށަށް ދަތުރުކުރި ޔެޓީ އެއާލައިންގެ ބޯޓެކެވެ. ބޯޓު ވެއްޓުނީ އޭގައި އަލިފާން ރޯވުމަށް ފަހުގަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓުނީ މީހުން އުޅޭ ހިސާބުން ވަރަށް ތިރިން ދިއުމަށް ފަހު އެނބުރެމުން ގޮހެވެ. ބޯޓު ވެއްޓުނު ގޮތަށް ގޮވައި، އޮލަ ދުން އަރަން ފެށި އެވެ.
ބޯޓުގައި 68 ފަސިންޖަރުން ތިއްބެވެ. އޭގެ ތެރޭގައި އެންމެ މަދުވެގެން 15 ޓޫރިސްޓުން ހިމެނެ އެވެ. ބޯޓުގެ ކްރޫންގެ އަދަދަކީ ހަތަރެކެވެ.
नेपाल में बड़ा विमान हादसा! काठमांडू से पोखरा पहुंची फ्लाइट एयरपोर्ट के रनवे पर क्रैश। प्लेन पूरा जलकर खाक हो गया। विमान में 68 यात्री और 4 क्रू मेंबर सवार थे‼️#Nepal #YetiAirlines#planecrash #plane ✈️ pic.twitter.com/lPQwhy9En9
— Dn choudhry (@choudhry_dn) January 15, 2023
ބޯޓު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް
ބޯޓުން ދަތުރުކުރި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ސިފައިން މިހާރު އަންނަނީ ކުރަމުންނެވެ.
"މަރުވެފައިވާ އިތުރު މީހުންގެ ހަށިގަނޑުތައް އަދިވެސް ފެންނާނެ ކަމަށް ބެލެވޭ،" ސިފައިންގެ ތަރުޖަމާނަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅި ބޯޓު އޮތީ ފުނޑުފުނޑު ވެފަ އެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ނޭޕާލުގެ 53 މީހަކު ހިމެނޭ ކަމަށް މިހާތަނަށް ވަނީ ކަށަވަރުކުރެވިފަ އެވެ. ދެން ހިމެނެނީ އިންޑިއާގެ ފަސް މީހަކާއި ރަޝިއާގެ ހަތަރު މީހަކާއި ކޮރެއާގެ ދެ މީހަކާއި އަޔަލެންޑް، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ފްރާންސުން ކޮންމެ ގައުމަކުން މީހެކެވެ. -- ބީބީސީ
މަތިންދާބޯޓު ވެއްޓުނު ވަގުތު ފޭސްބުކް ލައިވްގައި
ނޭޕާލްގައި ވެއްޓުނު ބޯޓުން ދިރިހުރި މީހަކު ނުފެނުނު
ނޭޕާލުގެ އެއާޕޯޓަށް ބޯޓެއް ވެއްޓި ތިން މީހުން މަރުވެއްޖެ
ނޭޕާލަށް ބޯޓު ވެއްޓުނީ ޕައިލެޓް ޖަޒުބާތުގައި ޖެހުމުން
"ނޭޕާލް އެއާޕޯޓަށް ބޯޓު ވެއްޓުނީ ޕައިލެޓް ހާސްވުމުން"
ޒަޚަމްވި ޑޮކްޓަރަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
ޒަޚަމްވި ބައެއް މީހުން އިތުރު ފަރުވާ އަށް ސިންގަޕޫރަށް
ވެއްޓުނު ބޯޓުން ސަލާމަތްވި ތިން މީހުން ދޫކޮށްލައިފި
ބޯޓު ވެއްޓި 13 ދަރިވަރުންގެ މަރާ ގުޅިގެން ކޮލެޖް ހިތާމައިގައި
ވެއްޓުނު ބޯޓުގެ ޕައިލެޓާއި ހުރިހާ ފަޅުވެރިން ވަނީ މަރުވެފައި