ނޭޕާލުގައި އިއްޔެ މަތިންދާބޯޓު ވެއްޓުނު ވަގުތު އޭގައި އިން ފަސިންޖަރަކު ފޭސްބުކްގައި ލައިވްކުރި ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ނޭޕާލުގައި އިއްޔެ މަތިންދާބޯޓު ވެއްޓުނު ވަގުތު އޭގައި އިން ފަސިންޖަރަކު ފޭސްބުކްގައި ލައިވްކުރި ކަމަށް ބުނާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ޔެޓީ އެއާލައިންގެ އޭޓީއާރް 72 މަރުކާގެ ބޯޓު 72 މީހުންނާ އެކު ވެއްޓުނު ހާދިސާގައި ހަތަރު މީހަކު ފިޔަވައި އެހެން އެންމެ މަރުވެފައި ވަނިކޮށް ވަނީ ފެނިފަ އެވެ. މިހާތަނަށް ނުފެނިވާ ހަތަރު މީހުން ވެސް ސަލާމަތުން ފެންނާނެ ކަމުގެ އުންމީދެއް ނެތެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ބޯޓުގެ ވިންޑޯ ކައިރީ އިން ފަސިންޖަރަކު އޭރު ބޯޓު ޖައްސަން ދިޔަ އަވަށް ކަމަށްވާ ޕޮކާރާގެ މަންޒަރުތައް ނަގަމުން ދަނިކޮށެވެ. ދޮޅު މިނެޓެއްހާއިރުގެ މި ވީޑިއޯ ނަގާފައިވަނީ އެކީގައި ދަތުރުކުރި އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ހަތަރު މީހެއްގެ ތެރެއިން އެކަކެވެ.
ދަތުރުގެ ހިތްގައިމުކަމުގެ ވާހަކަ ވެސް އެތަނުން އެއް ފަސިންޖަރަކު ދައްކަ އެވެ. ބޯޓުން ބޭރު ދައްކާލުމަށް ފަހު އެތެރޭގެ މަންޒަރުތައް ނަގަނިކޮށް ދެން ފެންނަނީ ކުއްލިއަކަށް ބޯޓު އެއް ފަރާތަކަށް އަރިވަނިކޮށެވެ. އެއާ އެކު އެންމެ ހަޅޭއްލަވައިގަނެވެ އެވެ. އަދި ބާރަށް ގޮސް ބިންމަތީގައި ޖެހި އަލިފާން ރޯވެ އެވެ.
ގެއެއްގެ ތެރޭގައި ހުރި މީހަކު ކޮށްފައިވާ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓެނީ އެއް އަރިއަކަށް އޮވެގެން ވަރަށް ތިރިން އަރުމަށް ފަހު އެނބުރެމުން ގޮހެވެ.
ބޯޓު ވެއްޓުނީ 27 މިނެޓްގެ ދަތުރެއްގައި، އޭގެ މަންޒިލާ ކިލޯ މީޓަރަކަށް ކައިިރިވެފައި ވަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން، އެހެން ރަންވޭއަކަށް ޖެއްސުމުގެ ހުއްދައަށް ވެސް އެދިފައިވެ އެވެ. ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.
ނޭޕާލްގައި ވެއްޓުނު ބޯޓުން ދިރިހުރި މީހަކު ނުފެނުނު
ނޭޕާލުގައި މަތިންދާބޯޓެއް ވެއްޓި އެތައްބަޔަކު މަރުވެއްޖެ
ނޭޕާލުގެ އެއާޕޯޓަށް ބޯޓެއް ވެއްޓި ތިން މީހުން މަރުވެއްޖެ
ނޭޕާލަށް ބޯޓު ވެއްޓުނީ ޕައިލެޓް ޖަޒުބާތުގައި ޖެހުމުން
"ނޭޕާލް އެއާޕޯޓަށް ބޯޓު ވެއްޓުނީ ޕައިލެޓް ހާސްވުމުން"
ޒަޚަމްވި ޑޮކްޓަރަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
ޒަޚަމްވި ބައެއް މީހުން އިތުރު ފަރުވާ އަށް ސިންގަޕޫރަށް
ވެއްޓުނު ބޯޓުން ސަލާމަތްވި ތިން މީހުން ދޫކޮށްލައިފި
ބޯޓު ވެއްޓި 13 ދަރިވަރުންގެ މަރާ ގުޅިގެން ކޮލެޖް ހިތާމައިގައި
ވެއްޓުނު ބޯޓުގެ ޕައިލެޓާއި ހުރިހާ ފަޅުވެރިން ވަނީ މަރުވެފައި