15 އެޕްރީލް 2019
ކަތުމަންޑޫ (އެޕްރީލް 15) - ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ނޭޕާލުގެ އިރުން އޮންނަ ލުކްލާ އެއާޕޯޓަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ތިން މީހުން މަރުވެއްޖެ އެވެ.
ކަތުމަންޑޫ (އެޕްރީލް 15) - ދުނިޔޭގެ އެންމެ ނުރައްކާތެރި އެއާޕޯޓްތަކުގެ ތެރޭގައި ހިމެނޭ ނޭޕާލުގެ އިރުން އޮންނަ ލުކްލާ އެއާޕޯޓަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ތިން މީހުން މަރުވެއްޖެ އެވެ.
އޮފިޝަލުން ބުނީ ރަންވޭ އިން ނައްޓާލަން އުޅުމުގެ ތެރޭގައި ބޯޓު ވަނީ ޕާކްކޮށްފައި އޮތް ހެލިކޮޕްޓަރެއްގައި ޖެހިފައި ކަމަށެވެ. ރަންވޭ ކުރުވުމާ އަދި ވަށައިގެން ފަރުބަދަ ހުރުމުން އެ އެއާޕޯޓުން ބޯޓު ނައްޓާލުމަށާއި ޖައްސަން ވަރަށް އުނދަގޫވެ އެވެ.
އެކްސިޑެންޓުގައި ބޯޓުގެ ޕައިލެޓާއި ހެލިކޮޕްޓަރު ކައިރީގައި ތިބި ދެ އޮފިސަރުން ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފަ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ. އޮފިޝަލުން ބުނީ އެކްސިޑެންޓް ހިނގި އިރު މޫސުން ވެސް ރަނގަޅު ކަމަށެވެ.
ލުކްލާ އެއާޕޯޓަށް 2008 ވަނަ އަހަރު ޖައްސަން އުޅުނު ބޯޓެއް ވެއްޓި 18 މީހުން ވަނީ މަރުވެފަ އެވެ. އެ އެއާޕޯޓަށް ޖެއްސުމުގެ ހުއްދަ އޮންނަނީ ވަރަށް ތަޖްރިބާކާރު ޕައިލެޓުންނަށެވެ. ވައިގަދަ ދުވަސްވަރު އެ ރަންވޭ ބޭނުން ކުރުން ވެސް އޮންނަނީ މަނާކޮށްފަ އެވެ.
ނޭޕާލުގައި ފެބްރުއަރީ މަހު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އެ ގައުމުގެ ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓަރު ވަނީ އަވަހާރަވެފަ އެވެ.
ނޭޕާލުގެ މަތިންދާ ބޯޓުތައް ޔޫރަޕިއަން ޔޫނިއަންގެ ސަރަހައްދަށް ވަނުން އޮންނަނީ މަނާކޮށްފަ އެވެ.
ޒަޚަމްވި ބައެއް މީހުން އިތުރު ފަރުވާ އަށް ސިންގަޕޫރަށް
ވެއްޓުނު ބޯޓުން ސަލާމަތްވި ތިން މީހުން ދޫކޮށްލައިފި
ބޯޓު އެކްސިޑެންޓްވީ ޕައިލެޓުގެ މައްސަލައަކުން
ނޭޕާލަށް ވެއްޓުނު ބޯޓުން 50 މީހުން ވަނީ މަރުވެފައި
ކަތުމަންޑޫ އެއާޕޯޓަށް ބޯޓެއް ވެއްޓިއްޖެ
މަތިންދާބޯޓު ވެއްޓުނު ވަގުތު ފޭސްބުކް ލައިވްގައި
ނޭޕާލްގައި ވެއްޓުނު ބޯޓުން ދިރިހުރި މީހަކު ނުފެނުނު
ނޭޕާލުގައި މަތިންދާބޯޓެއް ވެއްޓި އެތައްބަޔަކު މަރުވެއްޖެ
ނޭޕާލަށް ބޯޓު ވެއްޓުނީ ޕައިލެޓް ޖަޒުބާތުގައި ޖެހުމުން
"ނޭޕާލް އެއާޕޯޓަށް ބޯޓު ވެއްޓުނީ ޕައިލެޓް ހާސްވުމުން"