Roadha Mihaaru
ހިދުމަތް ރަނގަޅު ކުރަން ފުލުހުންގެ ބޮޑު ކޮންފަރެންސެއް

އާންމުންގެ ހިޔާލާއި ދިރާސާގެ އަލީގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކޮންފަރެންސެއް

17 ޖެނުއަރީ 2023

ދިރާސީ ހޯދުންތަކާއި އާންމު ރައްޔިތުންގެ ހިޔާލާ އެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަން ކޮންމެ އަހަރަކު ހާއްސަ ކޮންފަރެންސެއް ބާއްވަން ޕޮލިސް ބޯޑުން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ދިރާސީ ހޯދުންތަކާއި އާންމު ރައްޔިތުންގެ ހިޔާލާ އެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަން ކޮންމެ އަހަރަކު ހާއްސަ ކޮންފަރެންސެއް ބާއްވަން ޕޮލިސް ބޯޑުން ނިންމައިފި އެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ޕޮލިސް ބޯޑުން ދިޔައީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ރައްޔިތުންގެ ހިޔާލާއި ބައިވެރިވުމާ އެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ގޮތްތައް ހޯދަމުން ކަމަށެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ކޮންމެ އަހަރަކު ބޭއްވުމަކީ އެކަމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި ބާއްވާ އެ ކޮންފަރެންސްގެ ބޭނުމަކީ ފުލުހުންގެ މަސައްކަތާ ގުޅޭ މުހިންމު މައުލޫމާތުތައް ހޯދައި، އެ މައުލޫމާތުތަކުގެ އަލީގައި ފުލުހުން ދޭ ހިދުމަތް ހަރުދަނާ ކުރުމެވެ.

އެ ކޮންފަރަންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަސިޓީ/ކޮލެޖްތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި އަމިއްލަ ފަރުދުންގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން ކުރާ ދިރާސާތަކާއި އުފައްދާ ފަންނީ އުފެއްދުންތަކާއި ޒަމާނީ ވަސީލަތްތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ބޯޑުގެ ފަރާތުން ފަސީހު -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދިރާސާތަކުގެ ހޯދުންތަކާއި ފަންނީ އުފެއްދުންތަކާއި ޒަމާނީ ވަސީލަތްތައް ހުށަހެޅުން ބަހާލެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމާންޑް/ޑައިރެކްޓަރޭޓްތަކަށާއި، ޔުނިވަސިޓީ/ކޮލެޖްތަކަށާއި އަދި އަމިއްލަ ފަރުދުންނަށެވެ.

އޭގެ ތެރެއިން ކޮންމެ ބަޔަކުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ހޮވަން ވެސް ވަނީ ނިންމައިފަ އެވެ. ހުށަހެޅުންތައް ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ހުށަހެޅުންތައް ހުށަހަޅަން ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

• ކްރައިމް ޕްރިވެންޝަން

• ސެކިއުރިޓީ އާއި ކައުންޓާ ޓެރަރިޒަމް

• ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-މަނީލޯންޑަރިން

• ފޮރެންސިކް ސައިންސް

• ލީޑާޝިޕް އޮގަނައިޒޭޝަނަލް ރެޒިލިއަންސް އަދި އޮފިސާ ވެލްބީން

• އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ

• ސައިބާ ކްރައިމް

• ރޯޑް ސޭފްޓީ

• މެރިޓައިމް ޕޮލީސިން

• އެފިޝަންސީ އެންޑް އިފެކްޓިވްނެސް'

ރިސާޗު ޕޭޕަރުތައް ހުށަހެޅުމުން ބަހުސްކޮށް މަޝްވަރާކޮށް ނުކުންނަ ނަތީޖާ ރިޕޯޓެއްގެ ގޮތުގައި ނެރޭން ވަނީ ހަމަޖެހިފަ އެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމްރާން ވިދާޅުވީ، ކޮންފަރެންސްގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމަައުގެ ބައިވެެރިވުން ހިމެނޭ މުއައްސަަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުން ކަމަށެވެ.

"އަޅުގަނޑު ހިތުން މި ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭ ފަދަ ބޭނުންވާ ފަދަ ހިދުމަތަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ފުރުސަތު ލިބިގެންދާ ފަދަ ފޯރަމަކަށް،" އިމްރާން ވިދާޅުވި އެވެ.

ޕޮލިސް ބޯޑުގެ ފަރާތުން މެމްބަރު އަހުމަދު ފަސީހު ވިދާޅުވި ގޮތުގައި މިއީ ދިވެހި ފުލުހުންގެ ތާރީހުގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އަދި ވިދާޅުވީ ތަހުޒީބު މުޖުތަމައުތަކުގައި ކަންކަން ރަނގަޅު ކުރަނީ އިލްމީ މީހުންނާއި އާންމުން ބައިވެރިކޮށްގެން ދިރާސާތަކަށް ބިނާކޮށް ކަމަށެވެ. އިލްމީ މީހުންނާއި ހުރިހާ ސްޓޭކްހޯލްޑަރުން އެއް މޭޒަކަށް ގެނެސްގެން ނޫނީ ކަންތައްތައް ހައްލު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދަނީ ޖަމިއްޔާތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ އަދި މަސައްކަތް ކުރަމުންދާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަކީ ވެސް ކޮންފަރެންސްގެ މަގުސަދެއް ކަމަށެވެ.

ފަސީހު ވިދާޅުވީ، އެ ކޮންފަރެންސަކީ ވަރަށް އެކަށީގެންވާ ނަތީޖާއެއް ލިބިގެންދާނެ ކޮންފަރެންސެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ބޯޑުގެ ފަރާތުން އަހުމަދު ފަސީހު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ޖީބުން ކުރެވޭ ހޭދައާ ބައްދަލު ހިދުމަތެއް ފޯރުކޮށްދެވޭތޯ އާއި ކުށްތައް މަދު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ އާއި ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެ މަގުން އެންމެ ރަނގަޅަށް ބަދަލުތައް ގެނައުމަށް ރިސާޗުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

"... ފުލުހުންގެ މަސައްކަތް އެކި ދުވަސްވަރު އެކި ގޮތްގޮތަށް އެ އިރެއްގެ ހާލަތާއި އެއިރެއްގެ ނިޒާމެއްގެ ތެރެއިން، އާ ގޮތްތަކުގެ ތެރެއިން އާ ޗެޕްޓާއަކަށް ވަދެވިގެންދާނީ ފުލުހުންގެ މަސައްކަތަކީ ވަރަށް ބޮޑަށް ރިސާޗަށް ބޭސްޑްކޮށް ފުލުހުން ހިންގާ ކޮންމެ ހަރަކާތެއް އެންމެ ރަނގަޅަށް އެ ހަރަކާތަކުން ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނީ ކޮން ގޮތަކަށް އެ ހަރަކާތެއް ހިންގައިގެންތޯ ބެލެވޭނެ ފަދަ އެވިޑެންސް އަޅުގަނޑުމެންގެ އަތުގައި ހުރެގެން އެ އެވިޑެންސްއަށް ބިނާކޮށް ފުލުހުން މަސައްކަތް ކުރުން،" ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގެ ތެރެއިން ޕޮލިސް ކޮލެޖާއި އެހެނިހެން ފަރާތްތަކުން ވެސް މަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވެ ކްރައިމް ޕްރިވެންޝަންގެ ދާއިރާއިން ކަރުދާސްތައް ހުށަހެޅުމަކީ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.