ބްރެޒިލްގެ ކުރީގެ ރައީސް ޖައީރް ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން، ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތައް ހިފައި އެ ތަންތަނަށް ވަދެ ތަކެއްޗަށް ގެއްލުން ދިން މައްސަލައާ ގުޅިގެން، ވެރިރަށުގައި ހުރި ސަރުކާރުގެ މައި އިމާރާތްތަކުގެ ސަލާމަތީ ކަންތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
ބްރެޒިލްގެ ކުރީގެ ރައީސް ޖައީރް ބޮލްސޮނާރޯ އަށް ތާއީދުކުރާ މީހުން، ސަރުކާރުގެ ބައެއް އޮފީސް އިމާރާތްތައް ހިފައި އެ ތަންތަނަށް ވަދެ ތަކެއްޗަށް ގެއްލުން ދިން މައްސަލައާ ގުޅިގެން، ވެރިރަށުގައި ހުރި ސަރުކާރުގެ މައި އިމާރާތްތަކުގެ ސަލާމަތީ ކަންތައް އިތުރަށް ވަރުގަދަކޮށްފި އެވެ.
ބްރެޒިލް ސަރުކާރުން ބުނި ގޮތުގައި ބޮލްސޮނާރޯގެ ސަޕޯޓަރުން ވަދެގަތް އޮފީސްތަކުގެ ސަލާމަތީ ކަންތައް، ކުރިން ހުރި މިންވަރަށް ވުރެ ދެ ގުނަ މިހާރު ވަނީ އިތުރުކޮށްފަ އެވެ. އޭގެ އިތުރުން ސަރުކާރުގެ މައި އިމާރާތްތައް ހިމެނޭ ސަރަހައްދުތަކުގައި ވެސް މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.
ސަރުކާރުން ބުނި ގޮތުގައި ހަމަނުޖެހުމެއް ނެތް ނަމަވެސް، ސަރުކާރުގެ އޮފީސް އިމާރާތްތައް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓަން، މީގެ ކުރިން އާންމު ހާލަތުގައިވެސް 248 ފުލުހުން ތިބޭނެ އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 500 އަށް އިތުރުކޮށްފަ އެވެ.
ބްރެޒީލް ސަރުކާރުން މި ބަދަލުތައް މިގެނައީ، ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށާއި، ރިއާސީ ގަނޑުވަރުގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތަށް ވަދެގަނެ، އެ ތަންތަނަށް ގެއްލުންދިންތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި މަހުގެ 8 ވަނަ ދުވަހު ހިންގި އެ އަމަލުތަކާ ގުޅިގެން، ސަރުކާރުގެ ބައެއް ވަޒީރުން މަގާމުން ވަކިކޮށް، ސިފައިންނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ރައީސް ލޫލާ ޑި ސިލްވާ ވިދާޅުވި ގޮތުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަކޮށްފައިވާ އިމާރާތްތަކުގެ ތެރެއަށް، މުޒާހަރާ ކުރާ މީހުންނަށް ވަދެވުނީ، ސަލާމަތީ ބާރުތަކުގެ އިސް ވެރިން އެ ކަންކަމަށް އިހުމާލުވުމުންނެވެ. މުޒާހަރާ ކުރާ މީހުން ސަރުކާރުގެ މައި އިމާރާތްތައް ހިފުމާ ގުޅިގެން، އެ ތަންތަނުން އާންމުން ނެރުމަށް ސިފައިންނާއި ފުލުހުން ނުކުތީވެސް، މުޒާހަރާކުރާ މީހުން އެ ތަންތަނުން ނެރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުމުންނެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލެގްޒެންދްރޭ ދި މޮރައޭސް ނެރުއްވި އަމުރުގައި ސިފައިންނަށް އަމުރުކޮށްފައި އޮތީ، މުޒާހަރާ އަށް ނުކުމެ ތިބި ބޮލްސޮނާރޯގެ ސަޕޯޓަރުން ހަދާފައިވާ ފޭލިގެތައް، 24 ގަޑިއިރުގެ ތެރޭގައި ރޫޅައިލުމަށެވެ. އަދި މަގުމަތީގައި މުޒާހަރާކުރާ ކޮންމެ މީހަކު ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް ވެސް އަމުރެއް ނެރުއްވި އެވެ.
ހަމަނުޖެހުމާ ގުޅިގެން ބްރެޒިލްގެ ވެރިން ހައްޔަރު ކުރަނީ
ބްރެޒިލްގެ އޮފީސްތައް ފުލުހުންގެ ބެލުމުގެ ދަށަށް
ބްރެޒިލްގެ ރައީސްކަމަށް ލޫލާ ދަ ސިލްވް
ސަލީމް ވިދާޅުވީ އިހުލާސްތެރި ބަޔަކު ނެތް ކަމަށް
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ހާއްސަ ދުއާއަކަށް ފަހު އެއްވުން ނިންމާލައިފި
"މުޒާހަރާގެ ބޭނުމަކީ ގައުމު އިތުރަށް އިނދަޖައްސާލުން"
ޕްރައުޑް ބޯއީސްގެ ލީޑަރު 22 އަހަރަށް ޖަލަށް
ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން މަގުތަކަށް
ނަތަންޔާހޫގެ އިސްލާހީ އެޖެންޑާ ފަސްކޮށްލައިފި