ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް މިރޭ ފަށައިފި އެވެ.
18 ޖެނުއަރީ 2023
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތް މިރޭ ފަށައިފި އެވެ.
ހަނިމާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އެ މަޝްރޫއު ހަވާލުކުރީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށް އަދި ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކުރި އެ މަޝްރޫއު ނިމުމާ އެކު، އޭ 320 އާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓު ހަނިމާދޫ އެއާޕޯޓުގައި ޖެއްސޭނެ އެވެ.
އެ މަޝްރޫއު ހިންގަނީ އިންޑިއާއިން ދިން ލޯނު އެހީގެ ދަށުންނެވެ.
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
ހަނިމާދޫ އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ހުޅުވަނީ
"ހަނިމާދޫ އެއާޕޯޓަށް ފައިދާ އޮތީ ބަޔަކަށް ދޫކޮށްގެން"
ހަނިމާދޫ އެއާޕޯޓް މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެ
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު