އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިއަދު ފެއްޓެވި ދަތުރުގައި، އެ ގައުމުގެ ލޯނުގެ އެހީގައި ތަރައްގީ ކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
18 ޖެނުއަރީ 2023
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިއަދު ފެއްޓެވި ދަތުރުގައި، އެ ގައުމުގެ ލޯނުގެ އެހީގައި ތަރައްގީ ކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖައިޝަންކަރު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ މަޝްރޫއާއި އިންޑިއާއިން ރާއްޖޭގެ ހިންގާ އެހެން ބައެއް މަޝްރޫއުތަކުގެ ކަންކަމުގައި ޖައިޝަންކަރު މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ އިންޑިއާ އިން ވަޑައިގަތީ ސީދާ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ނ. މާފަރަށް ވަޑައިގެންނެވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނާއަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ފޮރިން މިނިސްޓްރީ
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ހިންގަން ހަމަޖައްސާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުންނެވެ. ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
- ވައިގެ ބަނދަރުގެ ތަރައްގީ އަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރާނެ.
- އެތަން ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ.
- އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ.
- ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިމޭނެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ހަދާފައިވާ ކޮމިއުނިޓީ ސެންޓަރު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ނ. މަނަދޫގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އުތީމު ގަނޑުވަރަށް ވެސް ޖައިޝަންކަރު ވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހަނިމާދުއަށް ވައިގެ ދަތުރު އިތުރުކުރަން މަޝްވަރާކޮށްފި
"ހަނިމާދޫ އެއާޕޯޓަކީ ގުޅުމަށް ލިބުނު ކުރިއެރުމެއް"
ހަނިމާދޫ އެއާޕޯޓުގެ ނިމުނީ 72 ޕަސެންޓް: ޝަރީފް
ހަވާ އާއި ޖާފަތާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
"ހަނިމާދޫ އެއާޕޯޓަށް ފައިދާ އޮތީ ބަޔަކަށް ދޫކޮށްގެން"
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު
ހަނިމާދޫ އެއާޕޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ސާވޭ ފަށައިފި
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ ހާއްސަ މަންދޫބެއް