Roadha Mihaaru
އިޔާޒަށް އިންޒާރު ދިން މައްސަލައެއް ފުލުސް އޮފީހަށް!

ޑރ. އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް އަދާލަތުން ފުލުސް އޮފީހަށް ހުށަހަޅައިފި

24 ޖެނުއަރީ 2023

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް އެ ޕާޓީގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިސް ފަނޑިޔާރު ޑރ. މުހައްމަދު އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް އެ ޕާޓީގެ ފަރާތުން ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އިޔާޒަށް އިންޒާރު ދިނީ އޭނާއާ ހަވާލާދީ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޝެއާކޮށް މީހަކު މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އެ މީހާ ވަނީ އިޔާޒު ދަންޖައްސައި މަރަން ޖެހޭ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިޔާޒް މެރުމަށް ސޯޝަލް މީޑިއާގައި ގޮވައި އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅުވައިގެން އިޔާޒް ކުރައްވާ ޓުވީޓުތަކަށް ބައެއް ފަހަރު ގިނަ ބަޔަކު ފާޑު ކިޔަ އެވެ.

އިޔާޒަށް އިންޒާރު ދިނީ ވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ވިދާޅުވި ވާޙަކައަކާ ގުޅޭ ޚަބަރަކަށް ކޮމެންޓެއް ކުރި މީހެކެވެ.