Roadha Mihaaru
މާލެއިން ގޯތި ދޭ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓަށް

މާލޭ މީހުންނަށް ގޯތި ދޭ އުސޫލުގެ މައްސަލަ ސުޕްރީމް ކޯޓަށް

25 ޖެނުއަރީ 2023

މާލޭ މީހުންނަށް ގޯތި ދޫކުރާ އުސޫލުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ މީހުންނަށް ގޯތި ދޫކުރާ އުސޫލުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމުގައި މާލޭ މީހުން ކަމަށް ބަލާ މިންގަނޑު ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ވަކީލް ޝިހާދު އިބްރާހިމާއި ވަކީލް ހަސަން ފަލާހެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މަހު ނިންމީ އެއީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް އެ ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް މާލެ ސަރަހައްދުން 3،000 ގޯތި ދޫކުރުމުގައި މާލޭ މީހުން ކަމަށް ބަލާނެ މިންގަނޑެއްގެ ގޮތުގައި ފުރަތަމަ ކަނޑައެޅީ އެއްވެސް އިރަކު މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި ރަޖިސްޓްރީވެފައި ނެތުމެވެ.

އެކަމަކު ފަހުން ވަނީ އެ އުސޫލަށް ބަދަލު ގެނެސް، ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީ ވިޔަސް މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ އަދި އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ނަމަ، އެއީ މާލޭ މީހުން ކަމުގައި ބަލާ ގޮތަށް ހަމަޖައްސައިފަ އެވެ.