Roadha Mihaaru
މަތިވެރީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

މަތިވެރީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފި

25 ޖެނުއަރީ 2023

އއ. މަތިވެރީގައި ބީއެމްއެލްއިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އއ. މަތިވެރީގައި ބީއެމްއެލްއިން ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

އެ އޭޓީއެމް މެދުވެރިކޮށް އާއްމުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގޭނެ އެވެ. އަދި ފައިސާ ޖަމާކޮށް، ބިލަށް ފައިސާ ދައްކާ، ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.

ބީއެމްއެލްގެ ޓުވީޓު

އެ ހިދުމަތް ފެށުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ އެ އޭޓީއެމް ސެންޓަރުގެ ސަބަބުން އާއްމުންނަށް ބޮޑޭތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެ އޭޓީއެމްގެ ސަބަބުން ބެންކުގެ ހިދުމަތް ހޯދުމަށް ކައިރި ބްރާންޗުތަކަށް ކުރަން ޖެހުނު ދަތުރުތަކަށް ނިމުން އަންނާނެ ކަމަށް ވެސް ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލްއިން 20 އަތޮޅުގައި އެ ބެންކުގެ 35 ބްރާންޗާއި 83 ސެލްފްސަވިސް ބޭންކިން ސެންޓަރާއި 141 އޭޓީއެމް ހުރެއެވެ. އަދި 200 އަށް ވުރެ ގިނަ ބީއެމްއެލްގެ ކޭޝް އޭޖެންޓުން އެކި ކަންކޮޅުތަކުގައި ހުރެ އެވެ.

އއ. އަތޮޅުގައި ބީއެމްއެލްގެ ބްރާންޗެއް ރަސްދޫގައި ހުރެ އެވެ. އަދިމަތިވެރީގެ އިތުރުން ތޮއްޑޫ އާއި އުކުޅަހުގައި ވެސް އެ ބެންކުގެ އޭޓީއެމް ހުރެ އެވެ.