Roadha Mihaaru
ހިކެން ބޭނުންތަ؟ ޓީއެފްޖީގެ "ލޫޒާ" ވަރެއް ނެތް

ހިކެން ބޭނުންތަ؟ ޓީއެފްޖީގެ "ލޫޒާ" ވަރެއް ނެތް

18 ޖެނުއަރީ 2017

ބަރުދަން ލުއިކޮށް، ހިކުމަކީ އާ އަހަރަށް އެންމެ ގިނަ ބަޔަކު ކަނޑައަޅާ އެއް އަޒުމެވެ. އެކަމަކު، ގިނަ މީހުންނަށް އެ ގޮތުގައި ހިފަހައްޓާލެވެނީ ދުވަސްކޮޅަކު އެވެ. ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ކަސްރަތާއި ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ކެއުމުގެ ކަންކަން ބެހެއްޓުމުގެ މަތިން ފަރުވާ ކުޑަކޮށްލެވެނީ އެވެ. މީރު ކާއެއްޗެހީގެ އަވައިގައި ޖެހި މަގު ގެއްލެނީ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ބަރުދަން ލުއިކޮށް، ހިކުމަކީ އާ އަހަރަށް އެންމެ ގިނަ ބަޔަކު ކަނޑައަޅާ އެއް އަޒުމެވެ. އެކަމަކު، ގިނަ މީހުންނަށް އެ ގޮތުގައި ހިފަހައްޓާލެވެނީ ދުވަސްކޮޅަކު އެވެ. ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން ކަސްރަތާއި ސިއްހަތަށް ފައިދާ ހުރި ގޮތަކަށް ކެއުމުގެ ކަންކަން ބެހެއްޓުމުގެ މަތިން ފަރުވާ ކުޑަކޮށްލެވެނީ އެވެ. މީރު ކާއެއްޗެހީގެ އަވައިގައި ޖެހި މަގު ގެއްލެނީ އެވެ.

އެ ފަދަ ކަންކަމުން ސަލާމަތްވެ، ދެމެހެއްޓެނިވި ގޮތެއްގައި ބަރުދަން ލުއި ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ކަމުގެ ތަޖުރިބާކާރުންގެ އެހީއާ އެކު އެކަން ކުރުމެވެ. ބަރުދަން ލުއި ކުރަން ހިތުއަޅާ ހިސާބުން ފެށިގެން އެންމެ ފަހުގެ މަރުހަލާއާ ހަމައަށް އެއްވާނެއްގައި އެކަން ކުރެވޭނީ ޕްރޮފެޝަނަލް އެހީތެރިކަމާ އެކުގަ އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފިޓްނަސް ސެންޓަރު ކަމަށްވާ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ވަނީ އެ ކަމަށް ހައްލެއް ހޯދައި ދީފަ އެވެ. "ލޫޒާ"ގެ ނަން ދީފައިވާ މި ޕްރޮގްރާމް ބައްޓަންކޮށްފައި ވަނީ ނުވަ ހަފުތާގެ ތެރޭގައި މީހާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނުވައި ދިނުމާ އެކު، ސިއްހީ ރަނގަޅު އާދަތަކަށް އެ މީހާ ލޯ ހުޅުވައި ދޭނެ ގޮތަށެވެ.

ޓްރޭނަރުންގެ ޓީމެއް ކަނޑައަޅައިގެން ކުރި އަށް ގެންދާ މި ޕްރޮގްރާމްގައި އާއްމުކޮށް ބައިވެރިވަނީ 100 ކިލޯ އަށް ވުރެ ބަރު މީހުންނެވެ. އެހެންވެ، ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ އެ މީހުންގެ ވިސްނުން ބަދަލުކޮށް، އެއީ ކުރެވޭނެ ކަމެއްކަން ބުނެދިނުމެވެ. ހިތްވަރާ އެކު ގަދައަޅައި މަސައްކަތް ކޮށްފި ނަމަ، ބޭނުންވާ މިންވަރަކަށް ބަރުދަން ލުއި ކުރެވޭނެކަން އެ މީހުންނަށް ވިސްނައި ދިނުމެވެ.

"ލޫޒާ"ގައި ހަރަކާތްތެރިވާ ޓްރޭނަރުން: މި ޕްރޮގްރާމަށް ހާއްސަ ޓްރޭނަރުންގެ ޓީމެއް ޓީއެފްޖީން ވަނީ ކަނޑައަޅާފައި.-- ފޮޓޯ: ޓީއެފްޖީ

"ލޫޒާ"ގައި ހަރަކާތްތެރިވާ ޓްރޭނަރުން: މި ޕްރޮގްރާމަށް ހާއްސަ ޓްރޭނަރުންގެ ޓީމެއް ޓީއެފްޖީން ވަނީ ކަނޑައަޅާފައި.-- ފޮޓޯ: ޓީއެފްޖީ

ފުރަތަމަ އަދި ދެވަނަ ހަފުތާ:

މި ޕްރޮގްރާމް ފަށައިގަންނަނީ ވަރަށް ލުއިކޮށެވެ. ފުރަތަމަ ދެ ހަފުތާގައި އޮންނާނީ ޖުމްލަ ހަތަރު ޕާސަނަލް ޓްރޭނިން ސެޝަނާއި ހަ ކާޑިއޯ ސެޝަންގެ އިތުރުން، ދެ ބޫޓްކޭމްޕެވެ. މަސްގުޅަކެއުން ފަދަ ކަންކަން ކުރިމަތިވާނެތީ އެ ހުރިހާ ސެޝަނެއް ވެސް ކުރި އަށް ގެންދަނީ ދެ ހަފުތާގެ މުއްދަތަށް ބަހާލައިގެން، އެކި ދުވަސް މަތިންނެވެ. މީގެ އިތުރުން، ކޮންމެ ބައިވެރިއަކަށް ކެއުން ބަހައްޓާނެ ގޮތުގެ ޕްލޭނެއް ދޭނެ އެވެ.

ތިންވަނަ ހަފުތާ:

ތިންވަނަ ހަފުތާއާ ހިސާބަށް ދާއިރު ބައިވެެރިން ތިބޭނީ ގަވާއިދުން ކަސްރަތު ކުރުމަށް ހޭނެން ފަށައިފަ އެވެ. އެހެންވެ، މި ހަފުތާ ފަށަނީ ފުރަތަމަ ދެ ހަފުތާގައި ކުރި މަސައްކަތުގެ ކާމިޔާބީ ވަޒަންކުރުމާ އެކުގަ އެވެ. މި އެސެސްމަންޓުގައި ބަލަނީ އެވްރެޖުކޮށް ހަތަރު ކިލޯ ލުއިވެފައިވޭތޯ އެވެ. މި ހަފުތާގައި ވެސް ޕާސަނަލް ޓްރޭނިން އަދި ކާޑިއޯ ސެޝަންތައް ކުރި އަށް ގެންދިއުމާ އެކު، އެ ގޮތުގައި ދަމަހައްޓަން ބައިވެރިންނަށް ހިތްވަރު ދޭނެ އެވެ.

ހަތަރެއް އަދި ފަސްވަނަ ހަފުތާ:

މި ހިސާބަށް އަންނައިރު، ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެނައި ބަދަލުތަކަށް ހުރިހާ ބައިވެރިން ވެސް ތިބޭނީ އާދަވެފަ އެވެ. މަސްގުޅަކެއުމާއި އެ ނޫން ވެސް ކަންކަމުން ލުޔެއް ލިބި، ކަސްތަރު ކުރުމަކީ ފަސޭހަ އަދި ހަށިގަނޑަށް ތާޒާކަން ލިއްބައި ދޭ ކަމަކަށް ވެފަ އެވެ. އެހެންވެ، މި ހަފުތާ ނިމޭއިރު، ހުރިހާ ބައިވެރިން ވެސް ތިބެން ޖެހޭނީ ހާސިލުކުރަން ބޭނުންވާ ބަރުދަނުގެ ދެ ބައިކުޅަ އެއް ބަޔަށް ވާސިލުވެވިފަ އެވެ.

ހައެއް އަދި ހަތްވަނަ ހަފުތާ:

މި ސްޓޭޖަށް އަންނައިރު، މައިގަނޑު ހަތަރު ކަމެއް ފާހަގަކުރެވޭނެ އެވެ. އެއީ ބަރުދަން އަދި ސަރުބީގެ މިންވަރު ދަށަށް ދިއުމާއި ހަށިގަނޑު ހުންނަ ގޮތަށް ބަދަލު އައުމާއި އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ބޮޑުވުމުގެ އިތުރަށް، ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރު އިތުރުވުމެވެ. އެ ބަދަލުތަކާ އެކު، ކުރި އަށް ވުރެ ވަރުގަދަ ކަސްރަތުތައް ބައިވެރިންނަށް ކުރެވޭނެ އެވެ.

ފަހު ދެ ހަފުތާ:

މިއީ އެންމެ ބުރަކޮށް އަދި އެންމެ ގިނައިރު ހޭދަކުރަން ޖެހޭ ދެ ހަފުތާ އެވެ. އެކަމަކު، މުޅި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ނިންމާލުމަށް، މި ދެ ހަފުތާގައި ކުރާ ކަސްރުތަތަކާއި ކެއުން ބަހައްޓާ ގޮތް ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ. އެހެންވެ، ޓްރޭނަރުންގެ އިރުޝާދުގެ ދަށުން މި ދެ ހަފުތާގައި ވެސް މަަސައްކަތް ކޮށްފި ނަމަ، ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެންމެ އެދެވޭ ގޮތުގައި ފެންނާނެ އެވެ.

ބަރުދަން ލުއިކޮށް ބެހެއްޓުމުގެ އެންމެ އުނދަގޫ މަރުހަލާ ފެށެނީ ޕްރޮގްރާމް "ލޫޒާ" ނިމުމުންނެވެ. އެހެންވެ، މި ޕްރޮގްރާމް ރަސްމީކޮށް ނިމުނަސް، ޓީއެފްޖީން އެއްވެސް ބައިވެރިއަކު ދޫކޮށެއް ނުލާނެ އެވެ. އެ ގޮތުން، ބަރުދަން އެއްވަރެއްގައި ހިފަހައްޓައި، ހަށިގަނޑު ލޫޅާފަތިކޮށް ބަހައްޓަން ޕާސަނަލް ޓްރޭނަރެއް މެދުވެރިކޮށް އެހީތެރިވެ ދޭނެ އެވެ. އަދި ހާއްސަ ޑިސްކައުންޓުތަކެއް ވެސް ދޭނެ އެވެ.

ބަރުދަން ލުއިކުރުމަކީ އާ އަހަރުގެ އަޒުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެންނަށް ޓީއެފްޖީގެ "ލޫޒާ" އަކީ އެ ފަދަ ދެވަނައެއް ނެތް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އާ ބުރެއް އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވަމުން އަންނައިރު، 3000834 އަށް ގުޅައިގެން މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.