ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ މިއަދު ފެނިއްޖެ އެވެ.
02 ފެބުރުއަރީ 2023
ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ މިއަދު ފެނިއްޖެ އެވެ.
ކ. ތުލުސްދޫ މީހެއް ކަމަށްވާ މުހައްމަދު މަހުދީ މިދިޔަ އަންގާރަ ދުވަހު ގެއްލުނީ އިންޑިއާގެ ކޮޗިންއަށް ގޮސް އުޅެނިކޮށެވެ. އާއިލާއާ އެކު ގޮސް އުޅެނިކޮށް އޭނާ ގެއްލުނީ އަމްރިތާ ހޮސްޕިޓަލް ކައިރިންނެވެ.
މަހުދީގެ އާއިލާއިން ބުނި ގޮތުގައި މަހުދީ ފެނުނުކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދެންމެ އާއިލާއަށް ވަނީ އަންގައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ބުންޏެވެ. މިވަގުތު އޭނާ ހުރީ ޕޮލިސް ސްޓޭޝަނެއްގައި ކަމަށާއި އެހެންވެ، އާއިލާއިން އެތަނަށް ދަތުރު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
"ހާލު ރަނގަޅުކަމާއި އެތަނުގައި ހުރިކަން އަދި މިވަގުތު އެނގެނީ." އޭނާގެ ދައްތަ ބުންޏެވެ.
އޭނާ ހޯދުމަށް ގިނަ ބައެއްގެ ފަރާތުން ލިބުނު އެހީތެރި ކަމަށް އާއިލާއިން ޝުކުރު އަދާކުރެ އެވެ.
މަހުދީ އިންޑިއާއަށް ދިޔައީ އޭނާގެ ބޭސްފަރުވާއަކަށެވެ. އޭނާއާ އެކު އޭނާގެ ބައްޕަ އާއި ޅިޔަނަކު ވެސް އިންޑިއާއަށް ދިޔަ އެވެ.
އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
ގެއްލުނު މީހާ ނުފެނުނު: އެފްކޮންސް
އަޒްހާންގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ފޮނުވާލައިފި
ރިސޯޓުން ގެއްލުނު އިމާމު އަދިވެސް ނުފެނޭ
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި