Roadha Mihaaru
އިންޑިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

އިންޑިއާއިން ރިހެބުގައި ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

20 ޑިސެމްބަރ 2022

އިންޑިއާގެ ބެންގަލޫރުގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން އަންނަ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިންޑިއާގެ ބެންގަލޫރުގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ފަރުވާ ހޯދަމުން އަންނަ ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަމުން އަންނަ ހދ. ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް އެވެ.

އާލިމްގެ ކޮއްކޮ އަހުމަދު އާޒިމް "މިހާރު" އަށް މިއަދު ބުނީ ބޭބޭ އެންމެ ފަހުން ފެނުނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ.

އުމުރުން 36 އަހަރުގެ އާލިމް ގެއްލިގެން އުޅޭ ކަން ރިހެބިލިޓޭޝަން ސެންޓަރުން އާއިލާ އަށް އެންގީ ޖެހިގެން އައި ނުވަ ވަނަ ދުވަހު ކަމަށް އާޒިމް ބުންޏެވެ.

"އެތާނގައި އުޅޭއިރު ވެސް އެ މީހުންނަށް ބޭރަށް ހިނގާލަން ނުކުމެވޭ. ހިނގާލަން ނުކުމެފައި އިރުއޮއްސެންވާއިރަށް އަނބުރާ [ސެންޓަރަށް] ދާން ޖެހޭ ގޮތަށް އޮންނަނީ. އެހެންވެ ދާނެ ގަޑިއަށް. އެކަމަކު ބުރާސްފަތި ދުވަހު ނުކުމެފައި އަނބުރާ [ސެންޓަރަށް] ނުއެއް ދޭ،" އާޒިމް ބުންޏެވެ.

އޭނާ ބުނިގޮތުގައި ރިހެބިލިޓޭޝަން ސެންޓަރުންނާއި ބެންގަލޫރުގެ ފުލުހުން ގެންދަނީ އާލިމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު، މިހާތަނަށް އެއްވެސް ޚަބަރެއް ނުވާ ކަމަށް އާޒިމް ބުންޏެވެ.

"ރާއްޖޭގެ ފުލުހަށް ވެސް ހަމަ އެ ދުވަހު އަންގައިފިން. ފޮރިން މިނިސްޓްރީ އަށް ވެސް އަންގައިފިން. އަދިވެސް ނުފެނޭ،" އާޒިމް ބުންޏެވެ.

އާލިމް، ބެންގަލޫރުގެ ބްލޮސަމްސް ކޮންވަލެސެންޓް ކެއާ ޓްރަސް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. ދިރިއުޅެމުން އަންނަނީ ރިހެބުގައި ކަމުން އާއިލާ އަދި ދަންނަ މީހަކު ވެސް ބެންގަލޫރުގައި ނުޅޭ ކަމަށް އާޒިމް ބުންޏެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.