Roadha Mihaaru
ރެފްކޫލް އިން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

"ރެފްކޫލް ރޯދަމަސް 2023": ބޮޑެތި ޑިސްކައުންޓާއި އަގު ހުރި އިނާމުތަކެއް

05 ފެބުރުއަރީ 2023

ރެފްކޫލް އިން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރެފްކޫލް އިން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ފިހާރަ އިން ވިއްކާ އިލެކްޓްރިކް ހޯމްއެޕްލަޔަންސުން 50 ޕަސެންޓާ ހަމައަށް އެ ޕްރޮމޯޝަންގައި ޑިސްކައުންޓު ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގެ ތެރެއިން ރެފްކޫލުން ގަންނަ އޭސީ ހިލޭ އިންސްޓޯލްކޮށްދޭނެ އެވެ.

ރެފްކޫލް އިން ހަރުކޮށްދޭ އޭސީތަކަށް އެއް އަހަރުގެ "ޕާޓްސް ވޮރެންޓީ" ލިބޭނެ އެވެ. އޭސީގެ ބައިތަކަށް ދިމާވާ މައްސަލަތައް އެ ވޮރަންޓީގެ މުއްދަތް ހަމަވަންދެން ހިލޭ ހައްލުކޮށްދޭނެ އެވެ.

"ރެފްކޫލް ރޯދަމަސް 2023" ގެ ނަމުގައި ފެށި ޕްރޮމޯޝަން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 23 އެވެ.

ފަރީދީ މަގުގައި ހުންނަ ރެފްކޫލް ފިހާރަ. ރެފްކޫލުން ވަނީ ރޯދަ އަށް 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށާފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަރީދީ މަގުގައި ހުންނަ ރެފްކޫލް ފިހާރަ. ރެފްކޫލުން ވަނީ ރޯދަ އަށް 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ފަށާފަ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕްރޮމޯޝަނުގައި އަގުުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯގައި ބައިވެރިވުމަށް ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭނެ އެވެ.

ލަކީޑްރޯގެ އެއްވަނަ އިނާމަކީ ސީޒަން ޕެރަޑައިސް ހޮޓެލުން ދެ މީހަކަށް ދެ ދުވަހުގެ ޗުއްޓީ ދަތުރެކެވެ. ދެ ވަނަ އަށް ހުށަހަޅާފައި ވަނީ 9،000 ބީޓީޔޫގެ ގްރީ އޭސީއެކެވެ. އަދި ތިން ވަނަ އިނާމަކީ 32 އިންޗީގެ ޖޭވް ސްމާޓް އެންޑްރޮއިޑް ޓީވީއެކެވެ.

ރެފްކޫލް އަކީ "އެލްޖީ" އާއި "ޖޭއޭވީ" އެންޑްރޮއިޑް ޓީވީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އަދި 2002 ވަނަ އަހަރުން ފެށިގެން "ގްރީ"ގެ ފުލް ޑިސްޓްރިބިއުޓަރެވެ.

ރެފްކޫލްގެ ފަސް އައުޓްލެޓެއް ހުރެ އެވެ. އެއީ މާލޭގެ އޯކިޑް މަގުގައި ހުންނަ ރެފްކޫލް އައުޓްލެޓާއި ފަރީދީ މަގުގައި ހުންނަ ރެފްކޫލް އައުޓްލެޓާއި އެ މަގުގައި ހުންނަ ރެފްކޫލް އިލެކްޓްރޯނިކްސް އާއި ސޯސަން މަގުގައި ހުންނަ ލެޓްސް ކޫލް އެވެ. ހުޅުމާލެ ނިރޮޅު މަގުގައި ވެސް ލެޓްސް ކޫލް ފިހާރައެއް ހުރެ އެވެ.