Roadha Mihaaru
އެސްޓާސްގެ ރޯދަ ސޭލް ފަށައިފި

އެސްޓާސްގެ ރޯދަ ސޭލް ފަށައިފި

13 ފެބުރުއަރީ 2019

މި އަހަރުގެ ރޯދަ ސޭލް އެސްޓާސް އިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ރޯދަ ސޭލް އެސްޓާސް އިން ފަށައިފި އެވެ.

މި ސޭލުގައި ޓީވީ އާއި ސޯފާ އާއި އެހެން ބައެއް ފަރުނީޗަރުގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ. އެސްޓާސް އިން ބުނީ ސޭލްގައި ބައެއް އައިޓަމްތަކުން ހާހެއްހާ ރުފިޔާ އަގު ހެޔޮވާނެ ކަމަށެވެ.

މި ޕްރޮމޯޝަން މި ރޯދަ މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

އެ ފިހާރައިން އެކި މުނާސަބަތުތަކަށް ހާއްސަކޮށްގެން ސޭލްތައް ބާއްވަމުން އަންނައިރު އެއީ އާންމު ގޮތެއްގައި ވެސް މުދާ އަގު ހެޔޮ ތަނެކެވެ.

މިދިޔަ އަހަރު ނިމުމާ ދިމާކޮށް ބޭއްވި ސޭލާއި ކްރޭޒީ އީދު ސޭލާއި މިނިވަން ދުވަހުގެ ސޭލްގައި ވެސް ބޮޑެތި ޑިސްކައުންޓް ދީފައި ވެ އެވެ.