Roadha Mihaaru
ގަންނަ މާޓުން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް

ގަންނަ މާޓުގެ ރޯދަ ޕްރޮމޯޝަން: ފަހުގެ އައިފޯނާއި ޕީއެސް 5 ހޯދުމުގެ ފުރުސަތު

05 އެޕްރީލް 2022

ބޮޑެތި އިނާމުތަކާ އެކު، ގަންނަ މާޓުގެ މިއަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

ބޮޑެތި އިނާމުތަކާ އެކު، ގަންނަ މާޓުގެ މިއަހަރުގެ ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި، ގަންނަ މާޓުން ވިއްކާ ޕްރޮޑަކްޓްތަކުގެ ތެރެއިން ބައެއް ޕްރޮޑަކްޓުތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ގަންނަ މާޓު ފިހާރަ އާއި މޯބައިލް އެޕްލިކޭޝަނުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ރޯދަ މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ފިހާރަ ހުންނާނީ މާވެޔޮ މަގާއި ބުރުޒު މަގާ ދިމާވާ ހިސާބުގަ އެވެ.

ގަންނަމާޓުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ގަންނަމާޓުގެ އެތެރެ-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ލަކީޑްރޯއެއް ނަގާނެ އެވެ. ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ޕްލޭސްޓޭޝަން 5 އެއް ލިބޭއިރު އެޕުން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އައިފޯން 13 އެއް ލިބޭނެ އެވެ.

ގަންނަ މާޓަކީ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެއްޗާއި ބަދިގެއަށް ބޭނުންވާ ސާމާނާއި ރީތިވާ ސާމާނާއި ދިވެހިންގެ މެދުގައި މަގުބޫލު ދިވެހި އުފެއްދުންތައް ވިއްކަމުން އަންނަ ފިހާރަ އެކެވެ. އެ ފިހާރައިން އޭޑީކޭ ޖެނެރަލް ޓްޜޭޑިން އިން ރާއްޖެއަށް އެތެރެ ކުރާ ގިނަ އަދަދެއްގެ ސާމާނު ވެސް ލިބެން ހުރެ އެވެ.

ގަންނަ މާޓްގެ މޯބައިލް އެޕްލިކޭޝަނަކީ އެ ފިހާރައިގެ ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި އިތުރު ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ތައާރަފުކުރި އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަނުން ވެސް ގަންނަ މާޓުން ލިބެން ހުންނަ ހުރިހާ ސާމާނެއް ލިބޭނެ އެވެ.