Roadha Mihaaru
ބާސާއަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި

ބާސާ އަށް ބޮޑު ލީޑެއް، ޕެނަލްޓީ ނުޖެހި ރެއާލް ވީ ބަލި

06 ފެބުރުއަރީ 2023

ބާސެލޯނާ (ފެބްރުއަރީ 6) - ސެވިއްޔާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާއިން ބޮޑު ލިޑެއް ނަގައިފި އެވެ.

ބާސެލޯނާ (ފެބްރުއަރީ 6) - ސެވިއްޔާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާއިން ބޮޑު ލިޑެއް ނަގައިފި އެވެ.

އެކަމަކު ރެއާލް މަޔާކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި، ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީ ނާކާމިޔާބު ވުމުން އެ ޓީމު ވަނީ 1-0 ން ބަލިވެފަ އެވެ.

ނާސާ އެއްވަނައިގައި އޮތީ އަށް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އެ ޓީމުން ވަނީ 53 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި ރެއާލް އޮތީ 45 ޕޮއިންޓާ އެކު އެވެ.

ކޭމްޕް ނޯ ސްޓޭޑިއަމްގައި ރޭ، ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ތިން ލަނޑު ޖެހީ ވެސް މެޗުގެ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 58 ވަނަ މިނެޓްގައި ޖޯޑީ އަލްބާ ޖެހީ ފްރެންކް ކެސެއި ދިން ފުރުސަތަކުންނެވެ.

އިތުރު ލަނޑެއް ޖެހުމަށް 20 މިނެޓް ހޭދަވި އެވެ. ދެވަނަ ލަނޑު ޕަބެލޯ މާޓިން ގަވީ ޖެހީ 70 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ ރަފީނިއާ ދިން ފުރުސަތަކުންނެވެ. ތިންވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. އޭނާ ލަނޑު ޖެހީ އަލްބާ ދިން ބޯޅައިންނެވެ.

ރެއާލް އާއި މަޔޯކާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

ރެއާލް އާއި މަޔޯކާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ

މަޔާކޯ އާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި އެ ޓީމަށް ދެރަ ލިބުނީ ޕެނަލްޓީ ނާކާމިޔާބުވުމުގެ އިތުރަށް ބައިކޮޅަށް ލަނޑު ވަނުމުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި މަޔާކޯއިން ލީޑް ނެގީ ރެއާލްގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ރެއާލް އަށް ލިބުނު ޕެނަލްޓީ ފޮނުވާލަން ދިޔައީ ކުރިން މަޔޯކާ އަށް ކުޅުނު މާކޯ އެސެންސިއޯ އެވެ. މަޔޯކާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކީޕަރު ރެޑްރަގް ރާޖްކޮވިޗް، ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ފައުލު ކުރުމުން ދިން ޕެނަލްޓީ އެސެންސިއޯ ފޮނުވާލި ނަމަވެސް ރާޖްކޮވިޗް ދިފާއު ކުރި އެވެ.

މަޔޯއިން ރެއާލްގެ މައްޗަށް ހޯދި މޮޅަކީ 2019 ގެ ފަހުން އެ ޓީމުން ރެއާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ. އަދި އެ ޓީމު ރެއާލް އާ ދެކޮޅަށް ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ.

ތިންވައިގައި އޮތް ރެއާލް ސޮސިއެޑާޑް ރޭ، ރެއާލް ވަޔަޑޮލިޑް އަތުން ބަލިވީ 1-0 ންނެވެ. ވެލެންސިއާ