Roadha Mihaaru
ޕީޕީއެމްގެ އިސްއެކްޓިވިސްޓެއް އިންޑިއާގައި ހިފަހައްޓައިފި

ޕީޕީއެމް ހުޅުމާލޭ ގޮފީގެ ރައީސް އިންޑިއާއިން ހިފަހައްޓައިފި

11 ފެބުރުއަރީ 2023

ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބޭސްފަރުވާއަށް ގޮސް މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާ މިއަދު ކަމަށެވެ. އެކަމަކު އޭނާ ހައްޔަރުކުރިކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެރި އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވެ އެވެ.

އެކަމަކު ސަމަދު އިންޑިއާގައި ހިފެހެއްޓީ ކޮން ކަމަކާ ގުޅިގެންނެއް ކަމެއް ނޭނގެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ދިވެއްސަކު ހިފަހައްޓައިގެން އުޅޭ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.

މީގެ ކުރިން ވެސް އިންޑިއާ އިން ވަނީ އެ ގައުމާ ދެކޮޅަށް ވާހަކަ ދައްކާ ސިޔާސީ ބައެއް މީހުން އިންޑިއާ އިން ހިފަހައްޓައި އަނބުރާ ފޮނުވާލައިފަ އެވެ.